ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅަނގުގެ ބައެއް ޖަމިއްޔާތަކުން ހަރުކަށި ފިކުރު ނައްތާލަން ދޭ ފަނޑުގެ މަގުސަދަކީ ޒުވާނުން ދީނާއި ދުރުކުރުން: ޑރ ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާއަތްތަކުން ފަނޑުތައް ދެނީ، މުސްލިމު ޒުވާނުން އިސްލާމް ދީނާއި ދުރުކުރަންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމުގެ ތެރެއިން ސުކޫލު ކުދިން ހަރުކަށި ފިކުރަށް ގޮސްދާނެ ތޯ އަންގައިދޭ ޕްރޮފައިލް ލިސްޓެއް އާންމުވެފައިވާވުމާއި ގުޅުވައި، ޓްވީޓެއް ކުރައްވާ ޝަހީމް ވިދާޅުވީ، އިސްލާމީ މުޖުތަމައަކުން ހަރުކަށި ފިކުރު ނައްތާލުމަށް ހުޅަނގުގެ ނަޒަރިއްޔާ ބޭނުން ނުވާކަމަށެވެ. އަދި ހަރުކަށި ފިކުރު ނައްތާލުމަށް ތަބާ ވާނީ އިސްލާމީ މަންހަޖަށްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެފަދަ ފިކުރު ނައްތާލުމުގެ މަގުސަދަށް ކަމަށް ފާހަގަކޮށް، ހުޅަނގުގެ ބައެއް ޖަމީއާތަކުން ދޭ ފަންޑު ތަކުގެ ބޭނުމަކީ، ޒުވާން މުސްލިމުން އިސްލާމް ދީނާއި ދުރުކުރުން ކަމަށެވެ.

 

ހަރުކަށި ފިކުރު ނައްތާލުމަށް ތަބާވާނީ އިސްލާމީ މަންހަޖަށްކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ޝަހީމް އިތުރަށް ވިދާޅުވީ، ރައްޖޭގައި އެފަދަ ފިކުރާއި ގުޅިގެން ދިމާވި އެންމެ ބޮޑު މައްސަލަތައް ހައްލު ކުރީ އިސްލާމީ މަންހަޖުގެ ތެރެއިންކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ހިމަންދޫއާއި މާލެގައި ވަކިން ޖަމާއަތް ހަދައިގެން އެތައް އަހަރެއް ވަނދެން ނަމާދު ކުރަމުން ދިއަދިއުން ނިމުމަކަށް ގެނަވުނުކަން ފާހަގަކުރެއްވިއެވެ.

ހަރުކަށި ފިކުރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ތަބާވާނީ އިސްލާމީ މަންހަޖަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް ފާހަގަކުރައްވާފައިވާއިރު، ދާދި ފަހުން ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ “ހަފްތާރެސް”ގައި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ. އަދި ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ފާހަގަކޮށް މި ސެޝަނަށް ތައްޔާރުކޮށްފައިވާ ލިސްޓެއް އާންމުވުމުން އެކަމަށް އެތަކެއް ފަރާތެއްގެ ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: