ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަކީ އަޅުގަނޑުމެން ކަރަށް ފައިން އެރުން: ފަޒުލް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް، އަދި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދިނުމަކީ ކަރަށް ފައިން އެރުންކަމުގައި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 އާއި ހަމައަށް ރައީސް ޔާމީންގެ ސަރުކާރުގައި ފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް ދެމުން އައިރުގައި ގޭބިސީ އާއި ހަމައަށް އެކަމުގެ ހުރިހާ ހަރަދަކީ އެ ކުންފުންޏަކުން ކުރަމުން އަންނަ ހަރަދެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މިއަދު އެކަން ހިގަނީ އެއާއި ހިލާފަށް ކުންފުޏަށް ފައިދާވާ ގޮތައްކަމަށާއި ރައްޔިތުންނަށް ވަނީ ގެއްލުންކަމުގައި ފަޒުލް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެވި މަސައްކަތަކާއި ގެނުވި ތަރައްގީ ފެންނަ އެބަ އޮތްކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ލޯނު ނަގައިވައި ކުރީ ކޮންކަމެއްތޯ ފަޒުލް ސުވާލު އުފެއްދެވިއެވެ. އަދި އެދެވޭ ނަތީޖާއެއް ނުވަތަ ރައްޔިތުންނަށް ވީ މަންފާއެއް އެބަ އޮތްތޯ އެއްސެވިއެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ރަށްރަށުގައި އެތައް މަސައްކަތްތަކެއް ކުރިއަށް އެބަދާކަމަށް ބުނަމުން ގެންދާއިރު 2019 ވަނަ އަހަރު ފެށުމަށް އިއުލާންކުރެވުނު ގިނަ މަސައްކަތްތަކުގެ އަމަލީ މަސައްކަތްަށް ފެށޭވަރުވީ އަދި މިއަހަރުގައިކަމަށް ފަޒުލް ހާމަކުރެއްވިއެވެ.

އެހެންކަމުން މިއަދު މަޖިލީހަށް ހުށައަޅާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަށް ހަމައެކަނި ގެންނަށް ޖެހޭ އިސްލާހަކީ ބިލް ނުދެއްކުމުގެ ސަބަބުން ކަނޑާލާ އުސޫލު ނޫންކަމަށާއި ޕްރޮޖެކްޓް ކުރިއަށް ނުދިޔައީމާއި ކަން ކުރާނެ އުސޫލާއި މި “ސްލޯލިހު” ސަރުކާރުގައި ކަންކަން ކުރެވެން އަންނަ ގޮތްވެސް މި ބިލުގައި ހިމަނަން ޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ. މި ނޫން ގޮތަކަށް ވާން ނެތްކަމަށާއި ރައްޔިތުންނަށް ހިދުމަތެއްވެސް ލިބެން ނެތްކަމުގައި ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ ތަކެތީގެ އަގުވެސް އިންތިހާއަށް އުފުލިގެންދަނީކަމަށެވެ. އަދި ނުވިތާކަަން ޒުވާނުން ފިނިބުރު ޖެހުމަށް ދަތިކުރުމަށްޓަކައި 25 ރުފިޔާއަށް މީގެ ކުރީގައި ޓޭންކް ފުރޭ ޕެޓްރޯލްވެސް މިއަދު 50 ރުފިޔާއަށް އަރައިފިކަމަށް ފަޒުލް ވިދާޅުވިއެވެ.

ރިޔާސީ ވައުދާއި އެއްގޮތަކަށް ޓީޗަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް ކުރިން ޒަރޫރީ ބޭނުމަށް ގަންނަ ތަކެތީގެ އަގުވެސް 100 އިން މައްޗަށް އަރައިގެން ހިގައްޖެކަމަށް ވިދާޅުވެ ފަޒުލް ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރެއްވިއެެވެ. އެހެންވީމައި ވަރަށް ރަނގަޅުކަމަށާއި މިއޮތީ މުސާރަ ބޮޑު ކުރެވިފައިކަމަށް ފަޒުލް ވިދާޅުވީ މަލާމާތުގެ ރާގެއްގައެވެ.

މިއަދު ގޭބިސީއަކުން ކޮންމެ މަގާމެއްގައި ހުރި ފަރާތެއް ނަމަވެސް ގެއަށް ވައްދާ އާމްދަނީ އާއި ބަލައި ހަރަދުތައް ދެކޮޅު ނުޖެހޭކަމަށް ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އިންފްލޭޝަން މިދަނީ މައްޗަށް އަރައިގެންކަމަށާއި މިކަންތައް ކޮންޓްރޯލް ކުރާނެ ގާބިލިއްޔަތުކަން މި ސަރުކާރުގައި ނެތްކަމަށެވެ.

ތަކެތީގެ އަގު އުފުލިގެން ދިޔަ ނަމަވެސް ދެންވެސް ފައިސާ ޗާޕު ކުރައްވާނެކަމަށާއި މެޝިނު އިނީ ގޭގައިކަމަށް ފަޒުލް ވިދާޅުވެ ފާހަގަކުރެއްވީ އިގްތިސާދު ހިންގާނީ މިގޮތަށްކަމަށެވެ.

” އަޅުގަނޑަކަށްވެސް ނުފެނޭ ދެވަނަ ދައުރެއް ދޭކައް، ދެވަނަ ދައުރެއް އަޅުގަނޑުމެން ދީފިކަމުގައި ވަނީނަމަ މި އިގްތިސާދު ނެގުން އުދަގޫވާނެ، ދެވަނަ ދައުރެއް ދިނުމަކީ އަޅުގަނޑުމެން ކަރަށް ފައިން އެރުން ކަހަލަ ކަމަކަށް ވެގެންދާނެ، މިކަމާއި ދޭތެރޭ ރައްޔިތުން ވިސްނަންވާ” ފަޒުލް ވިދާޅުވިއެވެ.

އެހެންކަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަކަމަށާއި ދީފިނަމަ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖަހަން އުދަގޫވާނެކަމުގައި ފަޒުލް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރެއް ދިނުމަކީ ކަރަށް ފައިން އެރުންކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: