ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަފްތަރުގައި ތިބި ފަރާތްތަކަށް މާލޭގެ ކައުންސިލާއި މަޖިލީސް ގޮނޑިތަކަށް ވޯޓުލެވޭ، އެކަމު ބޯހިޔާވަހިކަން ނުލިބޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ގޯތި ދޫކުރާއިރު، މާލޭގެ ރައްޔިތެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލަނީ، މާލެ ނޫން އެހެން އެއްވެސް ތާކު، އެއްވެސް އިރަކު، ރެޖިސްޓްރީވެފައި ނުވާ މީހުންކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މާލެއިން ގޯތި ދޫކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ އަސްލަމާއި ސުވާލު ކުރެއްވުމުން، އަސްލަމް ވިދާޅުވީ، އެކަން ކުރާނީ، ރަށް ރަށުގައިވެސް ކަން ހިނގާ އުސޫލުންކަމަށެވެ. އަދި ގާނޫނުގައި ވާ ގޮތުން، ދޭނެ ތަނަކާއި، އަދަދަކާއި ކަނޑައެޅުމަށް ފަހު އިއުލާނު ކުރަނީ ކަމަށް ފާހަގަ ކުރައްވާ އެނާ ވިދާޅުވީ، މާލެ ސިޓީއިން ގޯތި ދޫކުރާއިރު، މާލޭގެ ރައްޔިތުންގޮތަށް ބަލާނީ، އެއްވެސް އިރަކު އެހެން އެއްވެސް ތާކު ރެޖިސްޓަރ ވެފައި ނުވާ ފަރާތްތައް ކަމަށެވެ.

މާލޭން ގޯތި ދޫކުރުމަށް ރައީސް ސޯލިހު ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މާލެ ދަފްތަރުގައި ތިބޭ ފަރާތްތަކަށް ދޫކުރާ ގޯތިތަކަށް ކުރިމަތި ނުލެވޭނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، އެެހެން ނަމަވެސް އެ ފަރާތެއްގެ ދަރިންނަކީ އެހެން އެއްވެސް ތާކު ރަޖިސްޓްރީ ވެފައިނުވާ މީހުންކަމަށް ވާނަމަ ކުރިމަތި ލެވޭނެކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، މާލެއިން ގޯތި ދެވޭނެ ތަނެއްގެ ގޮތަށް މިވަގުތު އޮތީ، ހުޅުމާލެކަމަށެވެ. އަދި ސަރުކާރުން ގުޅީފަޅުގައި ބިން ހިއްކާ  ގޯތި ދިނުމަށް މަސައްކަތް ކުރާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ގޯތި ދޫކުރުމުގެ އުސޫލުން ބަލާ ނަމަ، މާލެ ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކަށް މާލެއިން ގޯތި ހައްގު ނުވާކަމަށް ރައީސް ސޯލިހު ސަރުކާރުން ކަނޑައަޅާފައިވާއިރު، ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރޭގައި މާލެ ދަފްތަރުގައި ތިބި ފަރާތްތައް ގުނަނީ މާލެ ރައްޔިތުންގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. އަދި މާލޭ ރައްޔިތުންގެ މަޖިލީހާއި، ކައުންސިލުތަކުގެ ގޮނޑީގެ އަދަދު ކަނޑައަޅާއިރުވެސް، ދަފްތަރުގައި ތިބި ފަރާތްތައް މާލޭގެ ރައްޔިތުން ގޮތަށް ގުނާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: