ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަށް މަޖިލިޙުގެ ރައީސް އަސްލަމް އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަނުކޮށްފިއެވެ.

ކުރިން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާ އަސްލަމް އިންތިހާބުކުރީ އެ ދުވަހުގެ ރޭ މަޖިލިސް ޖަލްސާއެއް އެޖެންޑކޮށެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަން ޖެހެއެވެ. އަސްލަމް ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ރައީސް ކުރައްވައިފައެވެ. އަސްލަމަށް މަގާމުގެ ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރެއްވުމުން، އެ މަގާމުގެ ލިޔުން އަސްލަމަށް ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަރުވާފަ އެވެ. އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ 2005 ގައެވެ. އޭރުން ފެށިގެން މެދުކެނޑުމެއްނެތި އޭނާ ގެންދަވަނީ މަޖިލީހުގައި ހިދުމަތް ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ހަވާލުވުމާ އެކު ހުސްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ވެސް 2019 ގެ މަޖިލިސް އިންތިހާބާ ހަމައަށް އަސްލަމް ފުރުއްވިއެވެ.

19 ވަނަ މަޖހިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އެމަނިކުފާނުގެ ރަނިން މޭޓެވެ. މި މަޖިލީހުގައި މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ވެސް ހުންނެވި ބޭފުޅެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: