ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމުގެ ގަވައިދު އެކުލަވައިލުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރީގެ މަޖިލިސްތަކުގައި ގެންގުޅެފައިވާ މަޖިލިސް މެމްބަރުންގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމުގެ ގަވައިދެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ވަކި ފަރާތަކަށް ނުޖެހި ޤާނޫން އަސާސީއާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ މަސައްކަތްތަކާއި އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔާކަަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެެންމެ މަޖިލީހުގެ ގަވައިދުގެ 3 ވަނަ މާއްދާގައި ބަޔާން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި މަޖިލީހުގެ ހުރުމަތް ދެމެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މައްސޫލިއްޔަތެއްކަމަށެވެ.

މި ގަވައިދަށް އުނިކަން އަންނަ އެއްވެސް އަމަލެއް ހިންގައިފިނަމަ، އަދި އުނިކަމެއް އައިސްދާނެ ފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެކަމެއް ހުއްޓުވަން ކުރައްވަންޖެހޭ އެންމެގައި ކަންކަން ކުރެއްވުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ބަޔާންކުރެއެވެ.

ރައްޔިތުންގެ މަޖިލީގައި ދިވެހި ޖުމްހޫރިއްޔާގެ މުހިއްމު މަސްއޫލިއްޔަތުތަކާއި ބޮޑެތި މަސައްކަތްތައް މަތިކުރެވިފައިވާ މަޖިލީހަކަށްވާއިރު، ސިޔާސީ އެކި ޕާޓީތައް ތަމްސީލްކުރާ މަޖިލީހަކަށްވާއިރު، މުޅި މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ މަސައްކަތްތައް ކުރާ މަޖިލީހެއްކަމަަށް ބައެއް މެމްބަރުން ދެކިވަޑައިގެންނެވުމަކީ އެއީ އެކަން އޮތް ގޮތް ނޫންކަަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ޤާނޫން ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ހިމެނޭއިރު، މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއެކޭ އެއްފަދައިން މަޖިލީހުގެ މެމްބަރުންނަށްވެސް ލާޒިމްވާ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ނިޒާމް ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަންކަން އިސްލާހުކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށާއި، އެގޮތުގެ މަތިން އެއް ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތްކުރެވިފައިވާ ގާނޫން އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވައިދެއްގެ ވާހަކަ އައިސްފައިވާކަމަށާއި އަދި މީގެ ކުރީގެ މަޖިލިސްތަކުގައި މި ގަވައިދަށް އަމަލް ކުރެވިފައިވާކަމަށާއި ނަމަވެސް މި 19 ވަނަ މަޖިލީހުގައި މި ގަވައިދަށް އަމަލު ކުރެވިފައި ނުވާކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މެމްބަރުންގެ ސުލޫކީ ގަވައިދު މި މަޖިލީހުގައި ބޭނުންކުރުމަށް މަސައްކަތްތައް ކުރާނެކަމަށާއި މިކަމަށް މެމްބަރުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހަށް ހާޒިރުކުރެވޭ ވަޒީރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އަންގާ ވަޒީރުންނަށް ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ ރައީސަށް ގާނޫނުން ލިބިދޭ ބާރުން އަމުރުކުރާކަމަށްވެސް މަޖިލީހުގެ ރައީސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: