ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ހޮސްޕިޓަލެއް އަޅަނީ!

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޓީީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ބަހުގެ ހިދުމަތް ރަސްމީކޮށް ދެވަނަ ފިޔަވަހީގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށިއިރު ވަރަށް ގިނަ އަސާސީ އަދި ޒަރޫރީ ހިދުމަތްތައް ހުރީ ނުފެށި ކަމަށެވެ. ހުޅުމާލެ ފޭސް ދޭކަށް ސްކޫލުތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކުގެ ބޭނުން ޖެހިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، ސިއްހީ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“ސިއްހީ ހިދުމަތް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ތަކުން ދިނުމަށްޓަކައި ތިން ކްލިނިކާއި ތިން ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. އަދި އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިތުރު ހޮސްޕިޓަލަކާއި އިތުރު ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުން،”

ރައީސް ވިދާޅުވިއެވެ.

ފޭސް ދޭއްގައި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވެފައި ވާއިރު، ހަތް ރަށެއްގައި ހޮސްޕިޓަލް ހަދަން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ބޮޑު ރަށްރަށުގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަދި، ކުދި ރަށްތަކުގައި އަޅާނީ 30 އެނދުގެ ހޮސްޕިޓަލެވެ. އޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލް އަޅާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: