ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި!

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ: ފޮޓޯ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

އެތައް ދުވަހެއްގެ މަސައްކަތަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

ރާއްޖޭގައި ގިނައީ މަދަނީ މައްސަލަތައް ކަމަށް ވާއިރު، މި ގާނޫނާ އެކު އާންމުންގެ މުދަލާއި ފައިސާއާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް މުޅިއެކު ބަދަލުވެގެންދާނެއެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މި ނިޒާމަށް އައި އެންމެ ބޮޑު ބަދަލުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މިހާތަނަށް ލިޔުނު އެންމެ ދިގު އެ ގާނޫނަށް އަމަލު ކުރަން ފަށާފައިވީ ނަމަވެސް، ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހޭތީ ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ. ގާނޫނު ބުނާގޮތުން ގަވާއިދު ހަދަންޖެހޭނީ ކޮންމެ ކޯޓަކުން ވަކިންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ތިން ގާނޫނަކާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ބައިތައް އުވިގެންދިޔައީއެވެ. މިގޮތަށް އުވިގެންދިޔަ ގާނޫނުތަކަކީ ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ފައިސާ ބަހައްޓައިގެން މީހުން ޝަރީއަތަށް ހާޒިރު ކުރުމާއި މެސެޖްގެ ޒަރީއާއިން ހެކިބަސް ހޯދުމާއި ބެހޭ ގާނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: