ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ހިއްކުމަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި!

ގުޅީފަޅު ލޯނު އެއްބަސްވުމުގައި ސޮއި ކުރަނީ: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު – ފޭސް 2 އަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށްޓަކައި، 101،787،500 ލޯނު ފެސިލިޓީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ގުޅީފަޅުގެ ބިންހިއްކުމުގެ މަޝަރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ ނެދަލޭންޑްގެ އޭބީއެން އެމްރޯ ބޭންކް، އައިއެންޖީ ބޭންކް އަދި އޭކޭއޭ ބޭންކާއި ދެމެދުއެވެ. ގުޅީފަޅު ހިއްކުމަށް ދިވެހި ސަރުކާރުން ނަގާފައިވާ 101،787،500 ޔޫރޯއަކީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތިން ބޭންކަކާއި އެކު ގާއިމު ކުރެވުނު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

އަދި އައި.އެން.ޖީ. އާއި އޭ.ކޭ.އޭ. އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައި.އެން.ޖީ ބޭންކް ގެ ޑިރެކްޓަރ، ވިލެމް ވެން ނުއަސްއެވެ. އޭ.ބީ.އެން. އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ

އެގްޒެކެޓިވް ޑައިރެކްޓަރ، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސަސް، ޔޫސްޓް ކިސާރސްއެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިންގމިނިސްޓަރ މުޙައްމަދު އަސްލަމް އާއި އެ މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅީފަޅުގައި ސަރުކާރުން ހިނގާ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ގުޅީފަޅު ހިއްކައި އެރަށުގައި އައު އެއަރޕޯޓެއް ތަރައްގީކޮށް، މާލޭގައި ހިންގަމުންދާ މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް އެތަނަށް ރީލޮކޭޓުކުރުން ކަމަށް

ފިނޭންސް އިން އާންމުކޮށްފައިވެއެވެ.

ފިނޭސްއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މި މަޝްރޫޢުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯޓެއް ގާއިމު ކުރެވިގެންދާނެއެވެ. އަދި މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ

ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބިގެންދާނެކަމަށާއި މާލޭގެ ބިމުގެ ޖާގަ އިތުރުވެގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފިނޭންސްއިން ގުޅީފަޅުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ލޯނުއެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން ނޫސްވެރިންވަނީ އެކަމާއި ގުޅިގެން ސުވާލުތަކެއް ކޮށްފައިއެވެ. ނޫސްވެރިން ސުވާލު ކުރީ، މި ލޯނުގެ އިންޓްރެސްޓް

ރޭޓަކީ ކޮބައިތޯއާއި، ލޯނު އަނބުރާ އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ކޮބައިތޯއެވެ. ފިނޭންސް މިނިސްޓްރީއިން މިކަމަށް ޖަވާބެއް ދީފައިނުވާކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: