ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ައާސަންދައިގެ ބަޖެޓު ހުސްވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ދެބައިނުވަނީސް ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް “އާސަންދަ”އިގެ މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓު ހުސްވެއްޖެއެވެ.

ދިވެހި ސަރުކާރުން ގައުމީ ހެލްތު ސްކީމް “އާސަންދަ”އިގެ މިއަހަރުގެ ބަޖެޓްކަމަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖޫން މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް އާސަންދައިގެ ދަށުން 795 މިލިއަން ރުފިޔާ ހަރުދުވެފައިވެއެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ގައުމީ ހެލްތު ސްކީމްގެ ދަށުން ހަރަދުވެފައިވަނީ 658 މިލިއަން ރުފިޔާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2021 ވަނަ އަހަރުގެ ތެރޭގައިވެސް އަހަރު ނުނިމެނީސް، ގައުމީ ހެލްތު ސްކީމްގެ ބަޖެޓް ހުސްވެފައިވާއިރު، އެ އަހަރު ނިމިގެންދިޔައިރު ޖުމުލަކޮށް 1.5 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ް”އާސަންދަ”އަށް ހަރަދުވެފައިވެއެވެ.

ދައުލަތުން ސިއްހީ ކަންކަން ސަބްސިޑައިޒްކޮށްފައިވާ އުސޫލަށާއި، އާސަންދައިން ހަރަދު ކުރާ އުސޫލަށް ބަދަލު ގެނެސް ސިއްހީ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ހަރުދުކުރުމަށް، ސިއްހީ ނިޒާމު ބަދަލުކުރުމަށް ސަރުކާރުންދަނީ ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާތައް ކުރަމުންނެވެ.

ގައުމީ ހެލްތު އިންޝުއަރެންސް “އާސަންދަ” އަށް ކަނޑައެޅިފައިވާ ބަޖެޓް ހުސްވެފައިވާއިރު، އާސަންދައިގެ ތެރެއިން މައްސަލަތައް ފެންމަތިވެފައިވާކަމަށް ފާހަގަކޮށްލެވެެއެވެ އެގޮތުން ބައެއް ފަރާތްތައް އެ ހިދުމަތުގެ ބޭނުން ކޮށްފައިނުވާ ދަނޑިވަޅުތަކުގައިވެސް ހިދުމަތުގެ ބޭނުން ހިފާފައިވާކަމަށް ދައްކާކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: