ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް ރައީސް ނަޝީދަށް: ދުޝްމަނުންނަށް ހިއްވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކަވާ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ދުޝްމަނުނަށް ހިތްވަރު ނުދިނުމަށް އެމްޑީޕީގެ ޗެއާޕާސަން، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފިއެެވެ.

ފައްޔާޒް އިސްމާއީލް މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގުރޫޕުގައި ރާއްޖެ ބަގުރޫޓު ވެދާނެތޯ ނުވަތަ ނޫންތޯ ކުރެވުނު ބަހުސް ތެރެއިންނެވެ. ދަރަނި މައްޗަށް ދަރަނި ނަގައި ރާއްޖެ ބަނގުރޫޓުވުމާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅުތަކާ ދެކޮޅަށް ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރީގައިވެސް ނުކުންނަވާފައެވެ.

ރާއްޖޭގެ މާލީ ރިޒާވް ހުސްވެ ގައުމު ބަގުރޫޓު ވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދީފައިޥާ މި ދަނޑިވަޅުގައި ރައީސް ނަޝީދުވެސް ގެންދަވަނީ މިފަދައިން ކަންވެގެން ހިގައިދާނެކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. ނަމަވެސް ދެ ފެކްޝަނަކަށް ހިގަމުންދާ އެމްޑީޕީގެ ތެރެއިން އެއްބައި ބޭފުޅުން ވިދާލުވަމުން އަންނަނީ މިފަދަ ހާލަތެއް ޜާއްޖެއަށް ކުރިމަތި ނުވާނެކަމަށާއި ގައުމުގެ މާލީ ރިޒާވް އެބަހުރިކަަމަށެވެ. މީގެ ތެރޭގައި އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލާއި މާލީ ވަޒީރު އިބްރާހީމް އަމީރު ހިމެނިވަޑައިގަންނަވައެވެ.

މި ބަހުސް ހޫނުވެ ރޭގެ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ހިގައިދިޔަ ބަހުސްގައި ފައްޔާޒް އިސްމާއީލް ވަނީ ގައުމު ބަގުރޫޓުވެދާނެކަމުގެ ވާހަކައަކީ އިދިކޮޅުގައި ތިއްބަވާ ދުޝްމިނު ސަރުކާރު ވައްޓާލުމަށްޓަކައި ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެދިވަޑައިގަތީ ރައީސް ނަޝީދު ގާތު ދުޝްމިނުނަށް ހިތްވަރު ނުދިނުމަށެވެ. އަދި ހަގީގަތެއް ނެތް ޥާހަކަތައް ދެއް ދެއްކީނުން ހަގީގަތަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ފައްޔާޒް އިސްމާއީލްގެ މެސެޖްގައިވެއެވެ.

“ހަގީގަތެއް ނެތް ވާހަކަ ދެއްކި ދެއްކީނުން ހަގީގަތަށް ހެދޭ ތޯ މަސައްކަތް ކުރޭ. މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް. ހިނގާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ”،

ފައްޔާޒް ވިދާޅުވިއެވެ.

މިއާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ވާދަކުރައްވަނީ އިގްތިސާދީ ވަޒީރު އަދި މާލީ ވަޒީރާ ނޫންކަމަށާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިކަމަށެވެ. އަދި ވިދާޅުވެފައިވަނީ ވިދާޅުވާ އެއްޗަކުން ސަރުކާރު ވެއްޓުނީމައި އެމަނިކުފާނު ކުރާނެކަމެއް ނޯންނާނެކަމަށާއި ފެންނަކަމެއް ނުފެންނަކަމަކަށް ނެހެދޭނެކަމަށެވެ.

ޜާއްޖޭގެ އިގްތިސާދީ ޙާލާތާއި ގުޅުވައި އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ގޮވާލައްވަމުން ގެންދަވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށެވެ. އަދި އެމަނިކުފާނުގެ އަރިސް މެމްބަރެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުއްވި ބިލް ބަލައިގަތުމާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވުމުން ވެސް ނަޝީދު ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފައެވެ.

އެ މައްސަލައިގައި ނަޝީދުގެ ނިންމެވުމަކަށް ވީ އެމްޑީޕީގެ ވިޕްލައިންތަކަށް ތަބާނުވުމެވެ. އަދި އެކަމަށް ޕާޓީގެ 19 މެމްބަރަކު ތާއީދު ވަނީ ތާއީދުކުރައްވާފައެވެ. ނަމަވެސް މިއީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުމުން ރައީސް ނަޝީދުގެ އިތުރުން މިކަމަށް ތާއީދު ކުރެއްވި ފަރާތްތަކުން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގްތިސާދީ ހާލަތާ ގުޅުވައި މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ވެދާނެއެވެ.

ދަރަނި ރީސްޓްރަކްޗާ ނުކޮށް ރާއްޖެއަށް އަރައިގަނެވެން ނެތް ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކާ ގުޅިގެން ފައްޔާޒް އެދިވަޑައިގަތީ، ހަގީގަތް ރަނގަޅަށް ބައްލަވައި އޭގެ މައްޗަށް ވާހަކަ ދެއްކެވުމަށެވެ. އަދި ރާއްޖޭގެ އިގްތިސާދާ ގުޅޭ މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެއާ މާދުރު ވާހަކަތަކަކުން އިދިކޮޅު ޕީޕީއެމުން ސިޔާސީ ފައިދާއަށް ކުރާ ކަންކަމަށް ހިތްވަރު ނުދެއްވަން އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: