ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހަނާ ނުދައްކަވައި އިސްލާމިކް މިނިސްޓަރ އިސްތިޢުފާ ދެއްވާ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް އަދި އިސްލާމިކް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރު އަލީގެ އިތިއުފާއަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައިފިއެވެ.

ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުންކޮށްފައިވާ ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ޖަމީލް ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ ގެންގުޅުމަކީ މިހާތަނަށް ރާއްޖޭގައި މާތްﷲގެ ގެކޮޅުގެ ހުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަން ބޮޑު ވިޔާ ނުދާ އަމަލު ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަން ހުއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވީސް އިން ނުކުޅެދޭނަމަ ރައްޔިތުން މިކަމާއި ދެކޮޅަށް ދެތުވާން ޖެހޭކަމަށެވެ.

ޓްވީޓުގައި އިތުރަށް ޖަމީލް ވަނީ އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރު އަލީ ބަހަނާ ނުދައްކަވާ އިސްތިގުފާ ދެއްވުމަށް ގޮވާލާފައެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލަ ފެންމަތިވެ ފާޑުކިޔުން ބޮޑުވުމުން އިސްލާމިކް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށެވެ.

އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި މިތަނުަގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ ވީޑިއޯ އާންމުކުރެއްވީ މާލެ ސިޓީގެ މޭޔަރު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު އާންމު ކުރެއްވި އެ ވީޑިއޯގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލާގައި އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަމުންދާ އަޑު އިވެމުންދެއެވެ. އެ މީހާ ބުނެފައިވާ ގޮތުގައި އެ ތަނުގައި އިންޑިއާ މީހުން ގެންގުޅެ، އެ މީހުން ނިންދަވާ ހަދާކަން އެނގުނީ އެއް ދުވަހަކު ވުލޫކޮށްލަން އެ މިސްކިތަށް އެރުމުންނެވެ. އަދި އޭނާ ދިޔައީ މިކަންތައް ހުއްޓުވައި ކުށްވެރިކުރުމަށް ގޮވާލައި، އެކަމާއި ދެކޮޅަށް އިލްމުވެރިންނާއި އާންމުން ތެދުވަންވެސް ގޮވާލަމުންނެވެ.

މުއިއްޒު އާންމު ކުރެއްވި ވީޑިއޯއާ ގުޅިގެން އިލްމުވެރިން ހިމެނޭހެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ވަގުތުން ހުއްޓުވަން އެދެމުންނެވެ. އަދި އެއީ ބަޔަކު ގަސްތުގައި ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: