ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް”ގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވެއްޖެ

ޖަޕާނުގައި ކުރިއަށްދިއަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ވެރި ރަށް ޓޯކްޔޯގައި ކުރިއަށްގެންދިއަ “ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް” ގައި ދިވެހި ރާއްޖޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން، ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާފައިވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމަށްޓަކައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޯރ، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ވަނީ ބައިވެރިވެފައިއެވެ.

އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމަށްޓަކައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށް އަލި އަޅުވައި ކުރިއަށް ގެނދިއަ މި ބައްދަލުވުމުގައި، ދިމާވާ ބޮޑެތި ޤުދުރަތީ ކާރިސާތަކާއި ހާދިސާތައް އަދި ކްރައިސިސްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްޤައުމު އަނެއް ޤައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި މެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި، މެރިޓައިމް ޑޮމެއިންއަށް ހޭލުންތެރިކުރުމާއި، ދިމާވާ ގޮންޖެހުންތަކުގައި އޮޕަރޭޝަނަލް މާހައުލަށް އެމްފިބިއަސް ފޯސަސްތައް ބިނާކުރުމާއި، އެތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަބައެއްގެ އެއްބާރުލުން ހޯދައިގެން އޮޕަރޭޝަންތައް ހިންގުން ފަދަ މަޢުލޫތަކަށް އަލިއަޅުވައި ޕެނަލް ޑިސްކަޝަންތަކެއްވަނީ ކުރިއަށް ގެންދެވިފައިއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޯރ، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޔޮޝީޑާ ޔޮޝިހައިޑާއި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްގެ ކޮމާންޑަރ، ލެފްޓިނެންޓް ޖެނެރަލް ސްޓީވެން އާރް ރަޑަރއާއެކު ބައިލޭޓްރަލް މީޓިންގތަކެއް ބާއްވަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް ކުރެއްވި މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙަސަން ޝާހިދުވެސް ބައިވެރިވެފައިވެއެވެ.

ދިވެހި ރާއްޖެއިން މި ފަހަކަށް އިއިސް އަސްކަރީ ހަރަކާތްތަކާތްތައް އިތުރަށް ތަރައްގީ ކުރުމަށް ގިނަ ކަންކަމެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން، އެމެރިކާ އާއި އެކު ކުރިއަށްގެންދިއަ އޮޕަރޭޝަން “ބްލެކް މާލިން” ކާމިޔާބުކޮށް ނިންމާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: