ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ މިލަޑުންމަޑުލު ދަތުރު ނިންމަވާލައްވައި، މާލެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިލަދުންމަޑުލުގެ އުތުރާއި ދެކުނުގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިލަޑުންމަޑުލަށް ކުރެއްވި ދަތުރު ފުޅުގައި ވަޑައިގަތީ އެ އަތޮޅުގައި އޮންނަ، ފުނަދޫއަށާއި، ހޮޅުދޫއަށެވެ. ފުނަދޫއަށް ވަޑައިގެން އެ ރަށު ސުކޫލަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ހޮޅުދޫގައި އެ މަނިކުފާނުވަނީ ރަށު ސުކޫލަށް 75 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިއެވެ. ދެ ސުކޫލުގައިވެސް އެ މަނިކުފާނުވަނީ، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވާފައިއެވެ.

ރައީސް ސޯލިހުވަނީ، މި ދަތުރުފުޅުގައި އެ ރަށްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް އަލިއަޅުވައި، އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައިއެވެ. އަދި ސުކޫލުތަކަށްވެސް އިތުރު ތަރައްގީތައް ކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަންކަން 2022 އަދި 2023ގެ ދައުލަތުގެ ބަޖެޓުގެތެރެއިން ކުރައްވާނެކަމަށް ވިދާޅުވެފައިއެވެ.

މީގެ އިތުރުން ރައީސް ސޯލިހުވަނީ މި ދަތުރުތަކުގައި، އެ ރަށްރަށުގެ ކައުންސިލުތަކާއިއެކުވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާފައިއެވެ. އަދި އަންހެނުން ގެ ތަރައްގީއަށް މަސައްކަތްކުރާ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީއާއިއެކުވެސް ބައްދަލު ކުރައްވާ، ތަރައްގީއަށް ހުރި ގޮންޖެހުންތަކާއިމެދު މަޝްވަރާކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: