ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދުތައް ދަނީ އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ އިތުރުވަމުން: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރަށް އައިސްވައިފާ ބަދަލުތަކުގެ ސަބަބުން ދައުލަތުން ކުރަންޖެހިފައިވާ ހަރަދުތައް، އަންދާޒާކުރެވިފައިވާ ވަަރަށްވުރެ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ ސޮއިކޮށް ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ހަރަދުތައް އަންދާޒާކުރެވިފައިނުވާ މިންގަނޑަކަށް ބޮޑުވަމުންކަމަށެވެ. އެހެންކަމުން ދައުލަތަށް ވަންނަ ފައިސާއިން އެ ހަރަދުތައް ހަމަޖެއްސުމަށްވަނީ ދަތިވެފައިކަށެވެ. އަދި ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަމަށްވެސް މިނިސްޓްރީއިން ނެރިފައިވާ އެންގުމުގައި ބުނެފައިވެއެވެ.

ކުރިން އަންދާޒާ ކުރެވިފައިނުވާ މިންގަނޑަކަށް ދައުލަތުގެ ހަރަދުތައް އަންނީ އިތުރުވަމުންކަމަށް ފާހަގަކުރައްވާ މިނިސްޓަރ އަމީރު ސޮއިކޮށް ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސަރުކާރު މުއައްޒިފުންނަށް ހިނގާ ހަރަދުގެ ތެރެއިން ޕްރޮމޯޝަންތައް މެދުކަނޑާލުމަށާއި، އިތުރު އައު މަގާމެއް ނުއުފައްދާން ނިންމުމާއި، ބަޖެޓުކުރެވިފައިވީނަމަވެސް، އެއްވެސް އައު އެލަވެންސެއް އަހަރުތެރޭގައި ނުދިނުމަށް ނިންމުމާއި، މުސާރަތަކައް ބަދަލެއް ނުގެނައުމުގެ އިތުރުން، ރަސްމީ ގަޑީގައި ނޫން އެހެން ގަޑިތަކުގައި މުއްޒިފުން ނެރިގެން މަސައްކަތްތައް ނުކުރުވަންވެސް ނިންމާފައިވާކަމަށް އެންގުމުގައިވެއެވެ.

ހަރަދު ކުޑަކުރުމަށް އަނގައި މިނިސްޓަރ އަމީރު ސޮއިކޮށް ނެރިފައިވާ އެންގުމުގައި، ދައުލަތުގެ ދަތުރު ހަރަދުތައް ކުޑަކުރުމަށް އެޅާފައިވާ ފިޔަވަޅުތައް ކަމަށް ބުނެފައިވަނީ، ދަތުރުގެ ހުރިހާ ހަރަދެއް ބޭރު ފަރާތުން ކުރާ ދަތުރުތައް ނޫން ރަސްމީ ދަތުރުތައް މިވަގުތު ހުއްޓާލުމަށް ވަނީ ނިންމާފައިކަމަށެވެ. އެގޮތުން ތައުލީމު ހާސިލު ކުރުމާއި ޓްރެއިނިންގް މަގުސަދުގައި ކުރާ ދަތުރުތައްވެސް ވަނީ ނުކުރުމަށް ނިންމިފައިކަމަށާއި، ކަނޑުމަގުންނާއި ވައިގެ މަގުންވެސް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެނގުމުގައިވަނީ ބުނެފައިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭގޮތުން ބުނެފައިވަނީ، ކޮންމެހެން އޮފީހަށް މިވަގުތު ބޭނުންވާ ތަކެތި ނޫންނަމަ ނުހޯދުމަށެވެ. އަދި ކޮންމެހެން ބޭނުންވެގެން ނަމަވެސް، 5،000 ރުފިޔާއަށް ވުރެ މަތީ ހަރަދެއް ހިނގާނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށްވަނީ އެންގުމުގައި ބުނެފައިއެވެ.

ދައުލަތުގެ އޮފީސްތައް ހިންގުމަށް ބޭނުންވާ ހިދުމަތްތަކާއި ބެހޭގޮތުން އެނގުމުގައިވަނީ، އެފަދަ ހިދުމަތެއް ހޯދުމުގައި ކޮންމެހެން ބޭނުން ނޫންނަމަ މިވަގުތު ނުހޯދުމަށެވެ. އަދި 5،000 ރުފިޔާ އަށް ވުރެން ބޮޑު އަދަދެއް ހޭދަވާ ހިދުމަތެއް ހޯދުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެތެރޭގައި، އިތުރު އައު ސްކޮލަޝިޕެއް ނުފެށުމަށްވެސް ފިނޭންްސް މިނިސްޓްރީން ނެރިފައިވާ އެންގުމުގައި ބުނެފައިވެއެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން، ކޮންމެހެން ކުރަންޖެހޭ މަރާމާތްތަަކުގެ އިތުރުން ނުކުރުމަށްވެސް ވަނީ އަންގާފައިއެވެ. އެހެންނަމަވެސް 5،000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ހިންގާ މަރާމާތެއް ނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި، ކޮނމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި، އެހެންވެސް ކުރާނަމަ 5،000 ރުފިޔާއަށްވުރެ ހަރަދު އިތުރުވެގެންދާނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވަނީ އެންގިފައިއެވެ. އަދި 2022 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާގޮތައް އަމަލުކުރުމަށްވެސް އެ އެންގުމުގައިވެއެވެ.

ފިނޭންސް މިނިސްޓްރީއިން ހަރަދުތައް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކަށް އަންގާފައިވާއިރު، އަންދާޒާކުރެވޭވަރަށް ދައުލަތަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާނެކަމަށާއި، އެގޮތުގެ މަތިން ދެކޮޅުޖައްސަަވައި ގައުމު ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިއެވެ. އަދި އިތުރު ލޯނެއް ނަގައިގެން އައު މަޝްރޫއެއް ނުފައްޓަވާނެކަމަށާއި، ހަމަޖެހިފައިވާ ލޯނުތަކުން ކަނޑައެޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށެވެ. ނަމަވެސް ދާދި ފަހުން ގުޅީ ފަޅު ހިއްކުމުގެ ދެވަނަ ފިޔަވެހި ކުރިއަށް ގެންދިއުމަށް، ދިވެހި ސަރުކާރުންވަނީ ބޭރުގެ ބޭންކުތަކަކާއި އެކު، ލޯނުއެއްބަސްވުމެއްގައި ސޮއިކޮށް 1.6 ބިލިއަން ދިވެހި ރުފިޔާގެ ލޯނެއް ނަގާފައި ކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: