ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބް މިއަދު ފިނި ކޮޓަރީގައި އިނީ ރައީސްގެ ސިއްރު ފޮރުވަން އެއްބަސްވުމުން: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަބުރު ކަތިލެވޭނީ އަބުރު އޮތްނަމަކަމަށާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހުކުމް ކޮށްފައިވަނިކޮށް މިއަދު ފިނި ކޮޓަރީގައި އިންނެވުމުގެ ސަބަބަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދިން އެއްޗެއް ފޮރުވަން އެއްބަސްވުމުންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް ހުށައެޅިފައިވާ މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވުމުގެ ފުރުސަތުގަިއ ޥާހަކަދައްކަވަމުން ޝިޔާމް ވަނީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއުަތުގެ ގާނޫނުގެ ދަށުން ހެދޭ އިއުތިރާފްގެ އެއްބަސްވުން ދުނިޔޭގެ ތަހުޒީބުވެފައިވާ އެހެން ގައުމުތަކުގައި ހެދިފައި ހުންނަނީ ކުށުގެ އެންމެ އަޑީގައި ހިމެނޭ މީހާ އާއިއެކު ނޫންކަމަށެވެ. ކުށް ރާވާ ކުށުގެ އެންމެ އަޑީގައި ހުންނަ ފަރާތާއިއެކު އިއުތިރާފްގެ ގާނޫނު ހެދީ ގައުމަކަށް ފެނުނީ ދިވެހި ރާއްޖެ އެކަނިކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝަރީއަތުގައި މަރުހަލާ ނިމި ހުކުމް ތަންފީޒް ކުރަމުންދާ މީހަކާއިއެކު ނުވަތަ ވަކިން ހާއްސަކޮށް އެކުށުގައި ހިމެނޭ މުޖުރިމާއިއެކީގައި އިއުތިރާފްގެ ހެދިގެން ނުވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން ގައުމުތަކުގައި އިއުތިރާފްގެ އެއްބަސްވުން ހަދަނީ ކުށާއި ގުޅިގެން ކުދި ކުށްތައް ކުރާ މީހުންނާއިއެކުކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި ސިޔާސީ ބޭޏުން ފުއްދުމަށްޓަކައި ސަރުކާރު ބޭނުންވާ މީހާ ޖަލަށްލުމަށްފަހު އިއުތިރާފުގެ އެއްބަސްވުން ހަދަނީ ހުކުމް ތަންފީޒްކުރަމުންދާ މީހާއާއިއެކުކަމަށް ވިދާޅުވެ ޝިޔާމް ފާހަގަކުރެއްވީ މިއީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ގާނޫނާއި ހިލާފުކަމެއްކަމަށެވެ.

ޝިޔާމް ދެން އަލިއަޅުއްވާލެއްވީ އެމްއެމްޕީއާރުސީ ހޔާނާތަށެވެ. އަދި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަކް ވަނީ މި މައްސަލައިގެ އެންމެ އަޑީގައި ހަރަކާތްތެރިވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފާކަމަށެވެ. މިއީ ސަރުކާރުން ބޭނުންވާ ބައެއް ބޭފުޅުންކަމަށްވާ އިދިކޮޅުގެ ލީޑާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްފަދަ ބޭބޭފުޅުން ހައްޔަރު ކުރުމަށްޓަކައި ހިންގާފައިވާކަމެއްކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. އަދި މިއީ “އަންދާ ގާނޫނު” ކަމަށް ވިދާޅުވިއެވެ.

މިއަދު އަހްމަދު އަދީބް ކޮބައިތޯ ސުވާލު ކުރައްވާ ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހުއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދީބްއަށް ރިޝްވަތު ދީފައިވާކަމަށާއި ނަމަވެސް އޭގެ ވާހަކަ ނުދެއްކެވުމަށްވެސް އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވާކަމަށެވެ. އަދި މިއީ އަދީބަށް ފިނި ކޮޓަރީގައި ހުރެވޭ ސަބަބުކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކެއް ޝިޔާމް ދެއްކެވުމާއިއެކު އައްޑޫ މީދޫ ޑާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި މިފަދައިން ކަނޑައެޅިގެން އެގޭކަމެއް ފުލުހަށް ހުށައެޅުއްވުމަށް އެދިލެއްވިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި ނެތް ފަރާތެއްގެ ވާހަކަ ދޮގު ހަދައިގެން އެ ބައެއްގެ އަބުރު ކަތިލުމަށްޓަކައި ދެއްކުމަކީ މަޖިލީހުގެ ގާނޫނުން ތަންދޭކަމެއް ނޫންކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެެވެ.

މިއާއިއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގާނޫނުގައި ތެދުބަހުން ވާހަކަދެއްކުމަށް ނޯންނާކަމާއި އެހެންކަމުން ރޮޒެއިނާ ފާހަގަކުރެއްވީ ނިޒާމާއި ބެހޭ މައްސަލައެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

“މަޖިލީހުގެ ގަވާއިދަކުު ނޯންނާނެ ތެދުބަހުން ވާހަކަދެއްކުމަކަށް، އެހެންވީމައި ނިޒާމާއި ބެހޭ މައްސަލައެއްނޫން”

އީވާ ވިދާޅުވިއެވެ.

ނަމަވެސް ރޮޒެއިނާ ވިދާޅުވީ އިސްލާމް ދީނާއި ހިލާފު ނުވާ ގޮތަށް ވާހަކަދެއްކެވުމަށް މަޖިލީހުގެ ގާނޫނުގައި އޮންނަކަމަށާއި މީހުންނާއި ބެހޭ ގޮތުން ދޮގު ހެދުމަކީ އިސްލާމް ދީނުގައި އޮންނަކަމެއް ނޫންކަމަށެވެ.

ރޮޒެއިނާއަށް ރައްދުގައި ޝިޔާމް ވިދާޅުވީ އަބުރު ކަތިލެވޭނީ އަބުރެއް އޮންނަ މީހުންގެކަމަށެވެ. އަދި ޝިޔާމް ތުހުމަތު ކުރެއްވީ އެމްއެމްޕީއަރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން 37 މިލިއަން ރުފިޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދިންކަމަށާއި އެހެންކަމުން މި މައްސަލަ ބަލަންޖެހޭކަމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގވެސްެ ޒިންމާއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭސީސީގައިވެސް އެ މައްސަލަ އެބަ އޮތްކަމަށާއި އެހެންކަމުން މައްސަލަ ރަނގަޅަށް ބެލުމަށް ޝިޔާމް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: