ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ފްލައިޓުތަކާއި ގުޅުވައި އިދިކޮޅުން ހުށައެޅި ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މާލީ ހާލަތުގެ ސަބަބުން، ގައުމީ އައެރލައިން، މޯލްޑިވިއަނަށް އައިސްފައިވާ ހީނަރުކަން ފާހަގަކޮށް، އެ އެއަރލައިންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް  ސަރުކާރަށް ގޮވާލައި، އިދިކޮޅުން މަޖިލީޙަށް ހުށައެޅި ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ގައުމީ އެއަރލައިން މޯލްޑިވިއަންއަންގެ ހާލަތު ދަށަށް ގޮސްފައިވުމުގެ ސަބަބުން، އިދިކޮޅުން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި، ކުއްލި މައްސަލައާއިމެދު ބަހުސްކުރުމަށް ފެނިވަޑައިގަންނަވާތޯ ވޮޓުދެއްވުމަށް، މަޖިލީހުގެ ރިޔާސަތުން ފުރުސަތު ހުށުވާލުމުން، އެ މައްސަލަ ބަލައިގަތުމަށް ވޯޓުއްދެއްވީ ފަސް މެމްބަރުންނެވެ. އަދި ތެއްތިރީސް މެމްބަރުން އެކަމާއި ދެކޮޅަށް ވޯޓު ދެއްވުމާއިއެކު، ރިޔާސަތުންވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ނުބަލާނެކަމަށް ނިންމާފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު މޯލްޑިވިއަންއާއި ގުޅުވައި، ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި، އައިލެންޑް އޭވިއޭޝަނަށް، 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެ ކުންފުނީގެ އޯޑިޓްތަކުން ދައްކާކަމަށެވެ. އަދި 2021 ވަނަަ އަހަރުވެސް 159 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް ފާހަގަކޮށް، އައިލެންޑް އޭވިއޭޝަންވަނީ، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައިވެސް ނުވާވަރަށް ދަރަނިވެރިވެފައިވާކަމަށް، ސައީދު ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރެއްވިއެވެ.

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައިވެސް ނުވާވަރަށް އައިލެންޑް އޭވިއޭޝަންވަނީ، ދަރަނި ވެރިވެފައިކަމަށް ފާހަގަކޮށް މާވަށު ދާއިރާގެ މެމްބަރު ސައީދު ހުށައެޅުއްވި މައްސަލައިގައިވާގޮތުން، މޯލްޑިވިއަންއިންވަނީ ސްޓޭޓްބޭންކް އޮފް އިންޑިއާއިން(އެސްބީއައި) 2020 ވަނަ އަހަރުގެ ތެރޭގައި، 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިއެވެ. އަދި އެ ލޯނުންވަނީ، އައިލެންޑް އޭވިއޭޝަނަށް އެސްބީއައި އިން ދީފައިވާ އޯވަރ ޑްރާފްޓް ފެސިލިޓީ 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިކަމަށް ފާހަގަކުރައްވާ، މައްލައިގައި ބުނެފައިވަނީ، ލޯނުތައް ނެގުމަށް، މޯލްޑިވިއަންގެ 6 މަތިންދާ ބޯޓެއްވަނީ، ރަހުނުކޮށްފައިކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އަށް 50 މިލިއަނަށްވުރެ އިތުރު އަދަދެއް އައިލޭންޑް އޭވިއޭޝަނުން ދޭންޖެހިފައިވުމުން، މިހާރު އެ ކުންފުނި ހިންގަނީ، ފިނޭންސް މިނިސްޓްރީއިން 18 މިލިއަން ރުފިޔާ އިތުރަށް ދީގެންކަމަށްވެސް ސައީދު ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު މޯލްޑިވިއަންގެ ހާލަތު ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެ، ކުއްލި މައްސަލައެއް މަޖިލީހަށް ހުށައެޅުއްވިއިރު، އިލޭންޑް އޭވިއޭޝަންގެ މާލީ ހާލަތު ދަށަށްގޮސްފައިވުމުން، ބައިނަލްއަގްވާމީ މިންގަނޑުތަކުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގެ ޓެކްނިކަލް ހާލަތު ހިފެއްހެއްޓުމުގައި ދަތިތައް ކުރިމަތިވެ، ފަހަކަށް އައިސް ބޯތުތަކުގެ ގިނަ ޓެކްނިކަލް މައްސަލަތައް ފެންމަތިވަމުންދެއެވެ. އަދި ސައީދު ހުށައެޅުއްވި ކުއްލި މައްސަލައިގައިވެސް މިފަދަ ޓެކްނިކަލް ކަންކަން ކުރިމަތިވެފަައިވާކަމަށް ބުނެފައިވާއިރު، ދާދި ފަހުން އެ ކުންފުނީގެ މަތިންދާ ބޯޓެއް ރަންވޭއަށް ޖެއްސުމުގެ ތެރެއިން ޓަޔަރު ފަޅައިގެން ދިއުމުގެ ހާދިސާއެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: