ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަކުރުމަށް ރައީސް ނަޝީދުގެ ދެދަތުރުފުޅު ކެންސަލް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުތައް ކުޑަ ކުރަން ފިނޭންސް މިނިސްޓްރީއިން އެންގުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލްކުރައްވާފައި އޮތް ދެ ދަތުރެއް ކެންސަލް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އުޒްބަކިސްތާނަށާއި ކޮމަންވެލްތަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.

”އަޅުގަނޑު ގަސްތުކުރަނީ މި ދެދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލަރގައި ވަނީ 5000 ރުފިޔާ އަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމައަށް ދެވެން މިއޮތީ.“ ރައީސް ނަޝީދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ހުރިހާ އިދާރާ ތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާތީ ފިޔަވަޅުތަކެއް އަޅާ އެ ފިޔަވަޅުތައް ތަންފީޒް ކުރުމަށް އަންގާފައެވެ.

އަދި ރާއްޖެއިން ބޭރަށް ދައުލަތުން ހަރަދުކޮށްގެން ކުރާ ދަތުރުތަކުގައިވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓް އުފުލެމުންދާ މި ދަނޑިވަޅުގައި ހަރަދުތައް ކުޑަކޮށް،  އިގްތިސާދު ކުރުމަށް ނިންމައި މިއަދުން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީ އިން ސަރުކާރުގެ މުއައްސަސާ ތަކަށް ފޮނުވާފައިވާ ސާކިއުލަރގައި ބަޔާން ކޮށްފައިވެއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި ރަސްމީ ގަޑީގައި އިތުރު މަސައްކަތްތައް ކުރަންޖެހޭ ގޮތަށް މަސައްކަތް ރޭވުމާއި  އޮފީސް ހިންގިމަށް ދާ ހަރަދުތަކާއި ތަމްރީނުތަކަށް ދާ  ހަރަދު 5000 ރުފިޔާ އަށް ވުރެ އިތުރުވާނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން އެމަސައްކަތް ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: