ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޮގާ ޑޭގައި ހަމަނުޖެހުން ހިންގި ފަރާތްތަކަގު މައްޗަށް، ލަސްނުވެ އިންސާފު ގާއިމު ކުރާނަން: ރައީސް ސޯލިހު

ޔޯގާ ޑޭ އާއި ދެކޮޅަށް އަޑު އުފުލަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭ ފާހަގަކުރަނިކޮށް، ގަލޮޅުދަނޑުގެ ތެރެއަށް ބަޔަކު މީހުން ވަދެ ހަމަނުޖެހުންތަކެއް ހިންގާފައިވާ މައްސަލައިގައި، ޝާމިލުވި ފަރަޠްތައް، ލަސްނުވެ، އިންސާފުގެ ކުރިމައްޗަށް ގެނެނެވޭނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާގެ ދުވަސް ފާހަގަކުރުމަށް، ޔޫތް މިނިސްޓްރީއިން، އިންޑިއާ އެމްބަސީއާއި، އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން، ގަލޮޅު ދަންޑުގައި، އެ ހަރަކާތްތައް ކުރިއަށް ގެންދިއަވަގުތު، އާންމުންވަނީ ދަނޑުތެރެއަށް ވަދެ އެ ހަރަކާތް ހުއްޓުވާފައިއެވެ. އަދި އެ ހަރަކާތާއި ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ކިބައިން، ޔޯގާ ޑޭގެ ބައިވެރިންތަކަކަށް އަނިޔާ ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅިގެން ހަ ފަރާތްތައްވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށާއި، މި މައްސަލައަކީ ސީރިއަސް ކަމެއްގެ ގޮތަށް ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފައިވެއެވެ.

ޔޯގާ ޑޭ ހިންގަމުން ދަނިކޮށް، އާންމުންތަކެއް ގަލޮޅު ދަނޑަށް ވަދެ އެކަން ހުއްޓުވައި، ހިންގައިދިޔަ ހަމަނުޖެހުމަށް އިޝާރާތްކޮށް ޓްވީޓެއް ކުރައްވާ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޔޯގާ ޑޭ އާއި ގުޅިގެން ހިންގާފައިވާ، ހަމަނުޖެހުން ތަހުގީގު ކުރެވެމުންދާކަމަށެވެ. އަދި މި މައްސަލަކީ، ސީރިއަށް ކަމެއްގެ ގޮތަށް ބަލާކަމަށް ފާހަގަކޮށް، ރައީސް ސޯލިހު ވިދާޅުވީ، އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކުގެ މައްޗަށް ލަސްނުވެ އިންސާފު ގާއިމު ކުރެވިގެންދާނެކަމަށެވެ.

ޔޫތު މިނިސްޓްރީއާއި، އިންޑިއާގެ އެމްބަސީ އަދި އެގައުމުގެ ކަލްޗަރ ސެންޓަރު ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ، އިންޓަރނޭޝަނަލް ޔޯގާ ޑޭ ގެ ހަރަކާތްތައް ކުރިން، ބޭއްވުމަށް ހަމެޖެހިފައިވަނީ، ރަސްފަންނުގައިއެވެ. ނަމަވެސް އާންމުންގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި، މި ހަރަކާތް ހުއްޓުވަން އެދި، މާލެ ސީޓީ ކައުންސިލަށްވެސް ގިނަ ޝަކުވާތަކެއް ހުށައެޅުމާއިއެކު، އެ ކައުންސިލުންވަނީ، ރަސްފަންނު ސަރަހައްދު ނުދިނުމަށް ނިންމާފައިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ޔޯގާ ޑޭޭ ހިންގުމަށް، ޔޫތު މިނސްޓްރީންވަނީ، ކައުންސިލުގައި އެދިފައިކަމަށެވެ. ނަމަވެސް، ގިނަ ފަރާތްތަކެއްގެ އެދުމާއި އެކޮށް އެތަން ނުދޭން ނިންމާފައިވާކަމަށްވެސް ޔޫތު މިނިސްްޓްރީން ބުނެފައިވެއެވެ.

ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް، ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން، ޔޫތު މިނިސްޓްރީންވަނީ، ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް، ނިންމާފައިއެވެ. އަދި މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ، އެ ސަރަހައްދަށް ވަދެ، ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް، ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައިފައިއެވެ.

ޔޯގާ ޑޭގަ ހަރަކާތް ހުއްޓުވުމަށް ގަލޮޅުދަންޑަށް ބަޔަކު ވަދެގަތީ ހަރަކާތްތައް ފެއްޓެވުމަށްޓަކައި، ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު، ވާހަކަދައްކަވަން ހުރިވަގުތުއެވެ. އެތަނުގައި އެވަގުތު، އިންޑިއާ އެމްބެސަޑަރު ވެސް ހާޒިރުވެ ހުރިއެވެ. އިންޑިން ހައި ކޮމިޝަނަރގެ އިތުރުން، އދ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރުންނާއި އިންޑިއާ ހައި ކޮމިޝަންގެ މުހައްޒިފުންވެސް ހާޒިރުވެތިއްބެވެ. ބަޔަކު ވަދެގަތުމާއި އެކު، ފުލުހުންގެ މުއައްސަސާއިންވަނީ، އެސަރަހައްދު ކޮންޓްރޯލް ކުރުމަށް، ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައިއެވެ. އަދި ޔޯގާ ޑޭ ހުއްޓުވަން ވަތް މީހުން ގަލޮޅު ދަނޑުން ބޭރުކޮށްފައިއެވެ. ގަލޮޅު ދަނޑަށް ވަތް މީހުންގެ ފަރާތުން، ޔޯގާ ޑޭގެ ބައިވެރިންނަށް އަނިޔާތައް ލިބިފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ޔޫތު މިނިސްޓްރީއިން އިންތިޒާމުކޮށްގެން ގަލޮޅުދަނޑުގައި ކުރިއަށް ގެންދިއަ ޔޯގާ ޑޭގެ ހަރަކާތްތައް އާންމުން ނުކުމެ ހުއްޓުވާލާފައިވާއިރު، ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް، އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް، މާލެ ސީޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވުފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ޔޯގާއަކީ އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ކަމެއްކަމަށް ގިނަ އަދަދެއްގެ ދުނިޔޭގެ އިސްލާމީ ކަންކަމުގެ އިސް އިލްމުވެރިން އިއްތިފާގުވާކަންވެސް ފާހަގަކޮށްލެވެއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އދ އިންވަނީ ޖޫން މަހުގެ 21 ވަނަ ދުވަސް، ބައިނަލްއަގުވާމީ ޔޯގާގެ ދުވަސްކަމަށް ކަނޑައަޅާފައިއެވެ. މި ދުވަސް ފާހަގަކުރުމަށް އދގެ އާންމު ބައްދަލުވުމުގައި ހިޔާލު ހުށައެޅީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއެވެ. ހިންދޫ ދީންވެރިން ބުނާގޮތުން، ޔޯގާ ފެށިގެންއައި އެމީހުންގެ ކަލާންގެ އެއްކަމަށްވާ “ޝިވާގެ” ފަރާތުންނެވެ. އެގޮތުން ޖޫންމަހުގެ 21 ވަނަ ދުވަހަކީ ޔޯގާ ފެށިގެންއައި ދުވަސްކަމަށްވެސް ހިންދޫއިން ބުނެއެވެ. މިފަދަ ގިނަ ސަބަބުތަކާއި ގުޅިގެނ،ް ޔޯގާއަކީ އިސްލާމީ ޝަރީއަތުގައި ޙަރާމް ކަމެއް ކަމަށް، މިޞްރުގެ “ދާރުލްއިފްތާއު” އަދި ސަޢޫދީ ޢަރަބިއްޔާގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިހާއި ދުނިޔޭގެ ބޮޑެތި ދީނީ މުއައްސަސާތަކުން ވެސް ވަނީ ފާހަގަކޮށްފައިއެވ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: