ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އާސްކް ސްޕީކަރ” ޕްރޮގްރާމް ބާއްވަން މަޖިލީހުގެ ރައީސް ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

“އާސްކް ސްޕީކަރ” ގެ ފަސް ވަނަ ޕްރޮގްރާމް ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަން އިއުލާން ކުރައްވައިފިިއެެވެ.

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ޕްރޮގްރާމްގެ ދަށުން ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ފަރާާތުން ރައީސް މުހައްމަދު ނަޝީދު ޖަވާބު ދެއްވާނެއެވެ.

ޕްރޮގްރާމްގައި ސުވާލު ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ސުވާލުތައް ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފޯނުން ވީޑިއޯކޮށް ނުވަތަ މެސެޖްގެ ޒަރިއްޔާއިން ސުވާލު ފޮނުވޭނެއެވެ. އަދި ޕްރޮގްރާމްގައި ލައިވްކޮށް ސުވާލު ކުރައްވަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސުވާލު ކުރައްވަން ބޭނުންވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުވުމަށް ކަނޑައެޅިފައިވާ ސުން ގަނޑި އަކީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިއެވެ. ނަން ނޯޓު ކުރެއްވުމަށާއި ސުވާލު ފޮނުވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރުކޮށް ސުވާލު ހުށައަޅުއްވާ ފަރާތްތަކުން، ސުވާލު ޕޯސްޓް ކުރައްވާއިރު އާސްކް ސްޕީކާ ހޭޝް ޓެގް ބޭނުންކުރައްވަން ވަނީ އެދިފައެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ލައިވްކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. އެގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި އެހެން ޓީވީ ޗެނަލްތަކުންވެސް މި ޕްރޮގްރާމް ގެނެސްދެމުންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: