ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވާލުމަށް، ފުލުހުން އެހީތެރިވިކަމަށް ސީޕީ ހަމީދުވެސް ތުހުމަތުކޮށްފި

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ހަރަކާތްތައް ހުއްޓުވާލުމަށް ފުލުހުން އެހީތެރިވިކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ތުހުމަތުކޮށްފިއެވެ.

ޔޫތު މިނިސްޓްރީއިން އިންޑިއާގެ ހައި ކޮމިޝަނާއި އެގައުމުގެ ކަލްޗަރ ސެންޓަރާއި ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިއަ ބައިނަލްއަގުވާމީ ޔޯގާ ހަރަކާތައް އާންމު ރައްޔިތުންތަކެއް ދަނޑަށް ވަދެއް ހުއްޓުވާފައިވާއިރު، ހުއްޓުވުމުގެ ތެރެއިންވަނީ ހަމަ ނުޖެހުންތަކެއް ހިންގާފައިއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން އެކަމަށް ރެސްޕޮންޑު ކުރިގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. ފުލުހުންގެ މުއައްސަސާއިން ނެރިފައިވާ ބަޔާނުން، އެ ހަމަނުޖެހުން ހިންގައި ދިޔައީ ފުލުހުންގެ ތެރެއިން ބަޔަކު އެކަމަށް ފުރުސަތު ފަހިކޮށްދީގެން ނުވަތަ ބޮޑު އިހުމާލެއް އޮވެގެންކަމަށް ދޭހަވެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ކުރިއަށް ގެންދިޔަ ވަގުތު، ހިންގި ހަމަ ނުޖެހުންތަކުގައި، ފުލުހުންގެ މުހައްސަސާއިން ބަޔަކު ވާގިވެރިވެފައިވާކަމަށް، ނުވަތަ ބޮޑު އިހުމާލެއް ވެފައިވާކަމަށް ދޭހަވާފަދަ ބަޔާނެއް އެ މުއައްސަސާއިން ނެރިފައިވާއިރު، ދިވެހި ރާއްޖޭގެ ޕޮލިސް ކޮމިޝަނަރވެސްވަނީ އެ ހާދިސާއާއި ގުޅިގެން ޓްވީޓެއް ކުރައްވާފައިއެވެ. ކޮމިޝަނަރު ހަމީދު ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިންގައި ދިޔަ ހަމަނުޖެހުން ގަނޑުގައި، ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު، އެނާ ވަރަށް ކަންބޮޑުވެލައްވާކަމަށެވެ. އަދި ޔޯގާ ޑޭ އަކީ ބައިނަލް އަގުވާމީ ހަރަކާތެއް ކަމަށް ވުމުންނާއި، ޔޫތު މިނިސްޓަރުގެ އިތުރުން އިންޑިއާ ހައިކޮމިޝަނަރާއި، އދއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންތަކެއް ވެސް ހާޒިރުވެ ތިބުމުން، ސެކިއުރިޓީ ފޫއަޅުވާލަައި އެތަނަށް ވަދެވުމަކީ ސީރިއަސް މައްސަލައެއްކަމަށް ވުމުން، އެކަމާއި ގުޅުވައި އިންޓާރނަލް ރިވިއުއެއް ހަދަމުންދާކަަމަށާއި، ކަމާއި ބެހޭ އިދާރާތަކަށް އެކަން ތަހުގީގު ކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް، އެނާ ފާހަގަކުރެއްވިއެވެ.

ގަލޮޅު ދަނޑުގައި ހިންގައިދިޔަ، ޔޯގާ ޑޭ ގެ ހަމަނުޖެހުމުގައި، އެކަން ހިންގި ފަރާތްތަކަށް، ދަނޑު ތެރެއަށް ވަދެވުމަކީ، “ސީރިއަސް ސެކިއުރިޓީ ބްރީޗް” އެއް ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައިވާއިރު، މި ހަމަނުޖެހުމުގެ މައްޗަށް ތަހުގީގުތައް ހިންގައި، އެކަން ބަލައި ފިޔަވަޅު އެޅުމަށްޓަކައި، ވަޒީރުންގެ މަޖިިލީހުގެ ބައްދަލުވުމެއް ބާއްވައި، ޔޫތު މިންޓަރު އަހުމަދު މަހުލޫފު ހިމެނޭހެން ހަތް މެމްބަރުންގެ ސަބްކޮމިޓީއެއް އުފެއްދިފައިވާއިރު، އެކޮމިޓީގައި ދިވެހި ރާއްޖޭގެ އަމަންކަމާއި ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވާ ވަޒީރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހިމަނާފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމުގައިވެސް ޔޯގާ ޑޭގެ ހަމަނުޖެހުމާއި މެދުވަނީ ކަންބޮޑުވުންތައް ފާޅުކޮށް ވާހަކަދެކެވިފައިއެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވީ، ހޯމް މިނިސްޓަރ އަކީ ރަނގަޅު ބޭފުޅޭއްކަމަށް އެނާ ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެނާގެ ޒިންމާތައް އަދާކުރުމަށް ފެއިލްވެފައި ކަމަށް ފާހަގަކުރައްވާ، ޖާބިރު ވީދާޅުވީ، އެނާ އުންމީދު ކުރަނީ، ލަސްތަކެއް ނުވެ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓަރުގެ މަގާމުން، އިމްރާން އަބްދުﷲ ވަކި ކުރައްވާނެ ކަމަށެވެ.

ޔޯގާ ޑޭގެ ހަމަ ނުޖެހުމާއި ގުޅިގެން ރައީސް ސޯލިހުވެސް ވަނީ ޓްވީޓެއް ކުރައްވާފައިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ހާދިސާ ސީރިއަށް ކަމެއްގެ ސިފައިގައި ބައްލަވާ ކަމަށެވެ. އަދި ހަމަ ނުޖެހުން ހިންގުމުގައ ޝާމިލުވި ފަރާތްތައް ލަސްތަކެއް ނުވެ އިންސާފުގެ ދޮރުމައްޗަށް ގެންނަވާނެކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: