ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާގާބިލު މީހުން، ރައީސްގެ ކެބިނެޓުން ދުރު ކުރަން ޖެހޭ: ޖާބިރު

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާގެ ކެބިނެޓަކީ، ބަދަލުކުރެވޭ އެއްޗެއްކަށްވުމުން، ވަޒީފާއަަށް ލާ މީހާ ނާގާބިލު ނަމަ، ދުރުކުރަން ޖޭހޭނެކަމަށާއި، ރައީސުލް ޖުމުހޫރިއްޔާއަށް އެބާރު އޮންނަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ޔޯގާޑޭގެ ހަރަކާތުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުންތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު، ޖާބިރު ވިދާޅުވީ، މިހާރު ދިވެހި ރާއްޖެއަކީ އެހާ ސުލްހަވެރި ގައުމެއް ކަމަށް ނުބުނެވޭނެކަމަށެވެ. އަދި ނޭގި އެތައް ބަޔަކު މަރުވެގޮސްފައިވާކަމަށާއި، އެކަންކަމުގައި ވާނުވާ އިންގިފައިނުވާކަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ، މިފަދަ ހުރިހާ ކަމަށް ރައީސް ސޯލިހު ފިޔަވަޅެއް އަޅުއްވަން ވެއްޖެކަމަށެވެ. އެހެންކަމުން ނާގާބިލު ބަޔަކު ނަމަ ވަޒީފާއިން ދުރުކުރަންވީކަމަށާއި ކެބިނެޓަކީ ބަދަލު ކުރެވޭ އެއްޗެއްކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ރައީސް ސޯލިހުގައި އަތުގައި އެބާރު އޮންނަވާނެ ކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ކެބިނެޓުގައި ނާގާބިލު ބަޔަކު ވާނަމަ، ދުރުކުރަންވީ ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ، ފުލުހުންގެ އިސްވެރިޔަކުގެ މަގާމުގައި ހުންނެވީ އިމްރާން އަބްދުﷲ ކަމަށެވެ. އަދި ހަރުކަށި މީހުން ތަމރީން ކުރާ މީހެއްގޮތަށް އެނާ ހޯމް މިނިސްޓަރ ދެކިވަޑައިނުގަންނަވާކަމަށާއި، އިމްރާނަކީ، ރަނގަޅު މީހެކަމަށް ދެކިލައްވާކަމަށް ފާހަގަކުރައްވާ، ޖާބިރު ވިދާޅުވީ، އެހެންނަމަވެސް، ހޯމް މިނިސްޓަރވަނީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިކަމަށެވެ. އަދި ލަސްތަކެއް ނުވެ، ރައިސް ސޯލިހު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަގާމުން ވަކި ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ގަލޮޅު ދަނޑުގައި ހިނގައި ދިޔަ ހާދީސާއާއި މެދު ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ 241 ކޮމިޓީއިން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއި އެކު ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ހަމަނުޖެހުންތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ޖެހިފައިވާކަމަށް ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، ކަމެއް ދިމަވުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، މުއައްސަސާތަކުން ތިބެން ޖެހޭނީ މިފަދަ ކަމެއް ދިމާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމުކޮށް، ތައްޔާރީތައް ވެގެންކަމަށާއި، ފުލުހުންނާއި ސިފައިގެން ތެރޭގައި ތިބޭ ނޭދެވޭ އަމަލުތައް ހިންގާ ނުވަތަ އެކަންކަމަށް ވާގިވެރިވާ ފަރާތްތައް ހޯދައި، 241 ކޮމިޓީއަށް ކުރިޔާލައި ފިޔަވަޅު އެޅެން ޖެހޭކަމަށްވެސް ޖާބިރު ފާހަގަކުރެއްވިއެވެ.

ވަޒީފާއަށް ނާގާބިލު ފަރާތެއް ނަމަ، ރައިސުލް ޖުމުހޫރިއްޔާގެ ކެބިނެޓުން ދުރުކުރެން ޖެހޭނެކަމަށާއި ހޯމް މިނިސްޓަރު އިމްރާން ވަނީ ފެއިލް ވެފައިކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެފައިވާއިރު، ޔޯގާ ޑޭގައި ގަލޮޅު ދަނޑުގައި ހިންގައިފައިވާ ހަމަނުޖެހުމާއި ގުޅިގެންވަނީ، ވަޒީރުންގެ ބައްދަލުވުމެއް ބޭއްވިފައިއެވެ. މި ބައްދަލުވުމުގެ ތެރޭގައި، ހަމަނުޖެހުމުގެ މައްޗަށް ހިންގާ ތަހުގީގުތައް ބަހައްޓައި، އެކަން ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހަތް މެމްބަރުންގެ ސަބް ކޮމިޓީއެއް އުފައްދާފައިވާއިރު، އެ ކޮމިޓީގައި ފުލުހުންގެ އިސް ވެރިޔާގެ މަގާމުގައި ހުންނަވާ، ހޯމް މިނިސްޓަރު އިމްރާން ހިމެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހޭން އެއިނީވެސް ހާދަބަޔަކަށް ދަރާވެސްއޮތް މީހެކެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: