ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް ވައްޑެގެ ފާޑުކިޔުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންގޮސްފައިވާ، “މަގޭ ނަބިއްޔާ” ޖަލްސާއަށް ހަދާފައިވާ ޕޯސްޓަރުތައް ހަދާފައިވަނީ ގަދަރުކުޑަ ގޮތަކަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު( ވައްްޑެ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު، ނުޕުރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ، ކުށްވެރިކޮށް، އިދިކޮޅުން، ބޭއްވި ޖަލްސާގެ ޕޯސްޓަރެއް ޓްވިޓަރގައި ޝެއަރކުރައްވާ، ވަހީދު ވިދާޅުވީ، “މަގޭ ނަބިއްޔާ” ޖަލްސާއަށް ދާދި ފަހުން ހިންގި އިރު، އެކަމަށް ބޭނުން ކުރި ޕޯސްޓަރުތަކުގައި ހުރީ، “މަގޭ ނަބިއްޔާ” ލިޔުމަށް ފަހު ހުރީ ގަދަރުކުޑަ ގޮތަކަށް ފުރޮޅު ދުއްވާފައިކަމަށެވެ. އަދި މި ފަހުން ގަލޮޅު ދަނޑުގައި ހިންގައިދިޔަ ހަމަ ނުޖެހުމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، މިހާރު ވަނީ ޝަހާދަތުގެ ދެކަލިމަ ދިދައެއްގައި ޖަހައިގެންގޮސް، އެ ދިދައިން މީހުންނަށް ހަމަލާދީ، ބިންމައްޗަށް އުކާފައިކަމަށެވެ.

ޕީޕީއެމް އޮފީހުން ނެރުނު ކަމަށް ތުހުމަތު ކުރެވޭ ދިދަތަކުން، ދަނޑުގައި ޔޯގާ ހަދަން ތިބި ފަރާތްތަކަށް، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި ފަރާތްތަކުން ވަނީ ހަމަލާދީފައިކަމަށް، މައުލޫމާތު ލިބެއެވެ. އެކަމަށް އިޝާރާތްކޮށް، އުނގޫފާރު ދާއިރާގެ މެމްބަރު، ވަހީދުވަނީ، މީއީ ހަމަ ދީނައްޓަކައި މީހުން އުޅޭ ގޮތްތޯ ސުވާލުކުރައްވާފައިއެވެ.

އުނގޫފާރު ދާއިރާގެ މެމެބަރު ވަހީދު، ގަލޮޅު ދަނޑުގައި ހިންގައިދިޔަ ކަންކަމަށް އިޝާރާތްކޮށް އިދިކޮޅަށް ފާޑު ކިޔާފައިވާއިރު، ބީޖޭޕީގެ އިސްވެރިން، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން، ބަހުސް ނުކުރުމަށް ވޯޓުދީ، އެކަން ތަޅުމުން ބޭރުކޮށްލި މެމްބަރުންގެ ތެރޭގައި ވަހީދު ހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: