ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅާލާނެ ކަމަށް ބުނެ މަހުލޫފަށް އިންޒާރު ދީފި!

އަހުމަދު މަހްލޫފް— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

“އަތު ޖެހުނު ނަމަ، ނޮޅާލީމު” ކަމަށް ބުނެ، ޔޫތު މިނިސްޓަރު މަހުލޫފަށް ބަޔަކު އިންޒާރު ދީފިއެވެ.

ބައިނަލް އަގުވާމީ ޔޯގާގެ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތައް، ބަޔަކު މީހުން ވަދެ ހުއްޓުވުމާއި ގުޅިގެން، ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރު ކުރެވިފައިއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވަނީ އެނާއަށް ބަޔަކު އިންޒާރުދީ ފޮނުވާފައިވާ މެސެޖުތައް ފޭސްބުކުގައި ހިއްސާކޮށްފައިއެވެ. މެސެޖުތަކުގައި ބުނެފައިވާގޮތުންް، އެ މެސެޖަކީ މަހުލޫފަށް ފޮނުވޭ އިންޒާރެއް ކަމަށެވެ. އަދި “އިންޑިއާގެ ޕަޕެޓަކަށް” ވެގެން މަހުލޫފު އުޅުއްވަނީ، ބާތިލު ފިކުރެއް ހަލާލު ކުރައްވަމުން ކަމަށް ފާހަގަކޮށް ބުނެފައިވަނީ، މެސެޖު ފޮނުވި ފަރާތުގެ އަތު ޖެހުން ނަމަ މަހުލޫފު “ނޮޅާލީމު” ކަމަށާއި އެ ބަޔަކު ތިބީ މަހުލޫފު އުޅުއްވާ ގޮތް ބަލަން ކަމަށްވެސް މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

ޔޫތު މިނިސްޓަރ މަހުލޫފުގެ ކުރީގެ ނަމްބަރަށް ފޮނުވާފައިވާ މެސެޖުތަކުގައި ބުނެފައިވާގޮތުން، އެ ބަޔެއްގެ އަހުންނަށްވެސް އަދި އެެއްވެސް ޖަމިއްޔާއަކަށްވެސް ފިޔަވަޅެއް އަޅައިފި ނަމަ، މަހުލޫފާއި، އާއިލާގެވެސް “ޒަމާން ދުއްވާލާނަން” ކަމަށެވެ. އަދި މިނިސްޓަރު ކަމުގައި އަބަދަށް ނުހުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓަރ މަހުލޫފު ވަނީ އެނާއަށް އިންޒާރު ދީ ފޮނުވައިފައިވާ މެސެޖުތަކަށް ރައްދު ދެއްވާފައިއެވެ. އެނާ ވިދާޅުވީ، “ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް” ކަމަށެވެ. އަދި އިންޒާރު ދިން ފަރާތައް މިނިސްޓަރު ކަމުގެ މަގާމަކީ “މާ ގަދަ” ކަމަކަށް ވީ ނަމަވެސް، މަހުލޫފަށް އެކަން މުހިންމު ނޫންކަމަށާއި ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލު ނުކުރެވޭނެ ކަމަށްވެސް މަހުލޫފު ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން، އިންޑިއަން ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން ހިންގި ޔޯގާ ޑޭގަ ހަރަކާތްތައް، ރަސްފަންނުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެތަކެއް ބަޔެއްގެ އެދުމުގެ މަތިން މާލެ ސިޓީ ކައުންސިލުން ވަނީ، އެ ހަރަކާތް ހިންގުމަށް ރަސްފަންނު ނިދިނުމަށް ނިންމާފައިއެވެ. އެކަމާއި ގުޅިގެން، ޔޫތު މިނިސްޓްރީއިން ވަނީ އެހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު، ބަޔަކު މީހުން ވަނީ އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވާފައިއެވެ. ބަޔަކު މީހުން އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހާފައިއެވެ. މި ހަމަ ނުޖެހުމާއި ގުޅިގެން އެތައް ފަރާތެއް ހަރައްރު ކުރެވިފައިވާ އިރު، ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. ފުލުހުންގެ މުއައްސަސާއިން އަދި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދާއި ވަނަވަރުތައް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: