ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭ ގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނޭ!

ޔޯގާ ޑޭ ހުއްޓުވަން ހިންގި ހަރަކާތް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކޮށްފިއެވެ.

ޔޯގާ ޑޭގެ ހަރަކާތެއް ޔޫތު މިނިސްޓްރީން އިންޑިއަން ހައި ކޮމިޝަނާއި އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަނިކޮށް، ބަޔަކު މީހުންވަނީ އެ ސަރަހައްދަށް ޝަހާދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ، ހަރަކާތްތައް ހުއްޓުވާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީފައެވެ.

ދިވެހިރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ، ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން ގަލޮޅު ދަނޑު ސަރަހައްދުގައި އިހުތިޖާޖް ކޮށްފައެވެ. އެއްވެސް އިލްމުވެރިޔަކު، ދަނޑަށް ވަދެފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ، ޔޯގާ ޑޭގެ ހަރަކާތްތަކުގެ ތެރެއިން ހިނގާފައިވާ ހަމަނުޖެހުންތަކުގެ މައްޗަށް ސީރިއަސް ތަހުގީގުތަކެއް ހިންގާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ، އެ ހަރަކާތުގެ މައްޗަށް ސީރިއަސް ތަހުގީގެއް ކުރައްވާނެ ކަމަށާއި، އެ ކަމުގައިި ޝާމިލުވެފައިވާ ފަރާތްތަކުގެ މައްޗަށް ލަސްތަކެއް ނުވެ އިންސާފު ގާއިމު ކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައި ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އަދި އައްޝައިހް ފަޒްލޫން މުހައްމަދު ހިމެނެއެވެ. ޝައިހް ނިޝާން ހައްޔަރު ކޮށްފައިވަނީ، އޭނާ ދިރިއުޅުއްވާ ރެހެންދި ފްލެޓް އިން ނިކުމެގެން ފުރުގާން މިސްކިތަށް ދަނިކޮށެވެ. އެ ވަގުތު އޭނާގެ ކައިރީގައި އެނާގެ ކުޑަ ދަރިފުޅު ހުރުމުން، ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޝައިހް ފަޒްލޫން ހައްޔަރު ކޮށްފައިވަނީ މަޣުރިބް ނަމާދުން ފޭބި ވަގުތު ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ ފަރާތްތަކުން ބުނާ ގޮތުން، އިހުތިޖާޖްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެއްވެސް އިލްމުވެރިޔެއް ދަނޑުތެރެއަށް ވަދެފައެއް ނުވެއެވެ. އަދި ހަމަ ނުޖެހުމުގައި ބައިވެރިވިކަމަކަށްވެސް މައުލޫމާތު ލިބިފައިއެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޝައިހް ނިޝާން ވިދާޅުވީ، އެނާ ވަނީ، އިހްތިޖާޖްގައި ބައިވެރިވި ޒުވާނުންނަށް ދަނޑަށް ނުވަނުމަށް އިރުޝާދު ދެއްވާފައިކަމަށެވެ. އަދި ވަންނަން ދިމާ ކުރުމުން އިހުތިޖާޖް ހުއްޓާލައި، ވަންނަން ހިފި، މީހުން ހުއްޓުވަން މަސައްކަތް ކުރެއްވި ކަމަށާއި، އެ ހިސާބުން އެ ސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް، އެތަނުގައި ހާޒިރުވެ ތިބި ފުލުންގެ ބޭފުޅުން އެކަން ހުއްޓުވަން ފާހަގަކުރެވޭ ވަރުގެ މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް ޝައިހް ނިޝާން ފާހަގަކުރެއްވިއެވެ.

ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ބަޔަކުވެސް ހައްޔަރު ކޮށްފައިވާއިރު،  ރައްޔިތުންގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްވެސް މި ހަމަ ނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވެއެވެ.

ޔޯގާ ޑޭގެ ހަރަކާތުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުން ބެލުމަށް ވަޒީރުންގެ ބައްދަލުވުމެއް ބާއްވައި، ސަބްކޮމިޓީއެއްވަނީ އުފައްދާފައެވެ. މި ސަބްކޮމިޓީގައި، ޔޫތު މިނިސްޓަރު މަހުލޫފު ހިމެނޭހެން 7 ވަޒީރުން ހިމެނޭއިރު، ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިފައެއް ނުވެއެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ޝާމިލުވެފައިވާކަމަށް ބުނެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރެވިފައިވާއިރު، ޔޫތު މިނިސްޓަރ މަހުލޫފަށްވަނީ، މިކަމާއި ގުޅިގެން އިންޒާރެއް ލިބިފައިއެވެ. އިންޒާރުގައި ބުނެފައިވާގޮތުން، އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅައިފި ހާލަތެއްގައި މަހުލޫފު އަދި އާއިލާގެވެސް ޒަމާން ދުއްވާލާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: