ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުން ގުޅުއްވީމައި ފޯނު ނެގޭނީ، އަޅުގަނޑުގެ ފޯން ބިލް މެންބަރުން ދައްކައިދިނީމަ : މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅުއްވުމުން ވަގުތުން ފޯނަށް ޖަވާބް ދެއްވޭނީ މަޖިލީހުގެ މެމްބަރުން ފޯން ބިލް ދައްކައި ދިނުމުން ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެފަދައިން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން ވަޑައިގެން އިތުރު ސުވާލުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

 ޝަހީމު އެއްސެވީ މިނިސްޓަރަށް ދާއިރާގެ ކަންކަމުގައި ފޯނުކުރުމުން ފޯނު ނަންގަވާނީ މެންބަރުން ކޮން ކަމެއް ކިހިނެއް ހެދީމައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު މަޙުލޫފު ވިދާޅުވީ އޭނާގެ ފޯނު ބިލު މެންބަރުން ދައްކަވައިދެއްވާނަމަ ހަމަ ގުޅުއްވުމުން ވަގުތުން ފޯނަށް ޖަވާބުދެއްވާނެ ކަމަށެވެ.

“އަޅުގަނޑުގެ ފޯނު ބިލު ދައްކަންޏާ، ހަމަ ގުޅުއްވާއިރަށް ޖަވާބު ދޭނަން”

މަހުލޫފު ވިދާޅުވިއެވެ.

ނަމަވެސް އޭނާއަށް ލިބޭ ފޯނު ކޯލްތަކުގެ 90 އިންސައްތަ ފޯނު ކޯލަށް ޖަވަބު ދެއްވަންކަމަށާއި އެހެންކަމުން ހުރިހާ ކޯލަކަށް ޖަވާބުދެއްވަން އެ ބޭފުޅުން އުންމީދު ނުކުރެއްވުމަށްވެސް މަހުލޫފު އެދިވަޑައިގަތެވެ. އަދި މަޖިލިސް މެންބަރުންނާއި ކައުންސިލުތަކާއި، އޮފީސްތަކުން އަންނަ ހުރިހާ ކޯލަކަށް ޖަވާބުދެއްވަން ޖެހޭ ކަމަށް ވިދާޅުވެ މަހުލޫފު ފާހަގަކުރެއްވީ، ފަހަރުގައި މެންބަރެއްގެ ކޯލަކަށް ޖަވާބުނުދެވުމަކީ ގަސްތުގައި މެންބަރުންގެ ފޯނު ކޯލަށް ޖަވާބުނުދެއްވުންކަމަށް ވިސްނައިދެއްވަން ސުވާލުކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ މެންބަރުންގެ ދާއިރާތަކުގެ އެއްވެސް ރަށަކަށް ސިޓީއެއް މިނިސްޓްރީން ފޮނުވިއަސް އެ ސިޓީވެސް މެންބަރުންނަށް ފޮނުއްވާ ކަމަށެވެ. އެހެންކަމުން މެންބަރުންނާ މުވާސަލާތު ކުރެވޭނީ އެހައިވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: