ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާލުކުރި އެއްވެސް ކޮންޓްރެކްޓެއް ވަގުތަށް ނިމިފައެއް ނެތް: މަހުލޫފް

ޔޫތް މިނިސްޓަރ މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީން ހަވާލުކުރި ކޮންޓްރެކްޓެއް ނިންމަން ހަވާލުކުރި މުއްދަތުގެ ތެރޭގައި އެއްވެސް ބަޔަކަށް ނިމިފައި ނުވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަހުލޫފް މަޖިލީހަށް މިއަދު ހާޒިރުކުރީ ވެސް ޝިޔާން ސުވާލު ކުރަން ހުށަހެޅުއްވުމުންނެވެ.

ޝިޔާން އެއްސެވީ އއ. ތޮއްޑޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅަން މި އަހަރުގެ ބެޖެޓުގައި ހިމެނިފައިވާ އިރު އެ މަސައްކަތް ފަށައި އެތަނުގައި ކުޅެން ފެށޭނީ ކޮން އިރަކުންތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މަހުލޫފް ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޖުލައި މަހު އިއުލާންކޮށްފައިވާ ކަމަށާއި އަދި މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެކަ މަށް އުންމީދުކުރައްވާ ކަމަށެވެ.

މަސައްކަތްތައް ހަވާލު ކުރިޔަށް މަސައްކަތްތައް ނުނިމޭތީ މަހުލޫފް ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ. އަދި ވިދާޅުވީ އެއްވެސް ކޮންޓްރެކްޓަރަކަށް މިނިސްޓްރީގެ ފަރާތުން މަސައްކަތެއް ހަވާލުކޮށްގެން އަދި އެގްރިމަންޓް ކުރެވޭ ތާރީހަށް ނިމިފައެއް ނެތްކަމަށެވެ. އަދި އެހެންކަމުން މިވެނި ދުވަހެއްގައި އެކަން ފެށިގެން ދާނޭ ބުނަން ވަރަށް ދަތިކަމަށާއި ނަމަވެސް މިނިސްޓްރީގެ ފަރާތުން މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް މަހުލޫފް ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: