ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮހެއްގެ އަތުން މަރުވެއްޖެއްޔާ އަޅުގަނޑު ވާނީ ޝަހީދަކަށް: މަހުލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދީފައިވާ ގަދަފަދަ އިންޒާރަކަށް ރައްދުދެއްވާ ކޮހެއްގެ އަތުން މަރުވެއްޖެ ނަމަ އޭނާ ވާނީ ޝަހީދަކަށް ކަމަށާއި ބިރުދައްކައިގެން އެއްވެސް ކަމެއް ހާސިލްނުވާނެ ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިގޮތަށް ވިދާޅުވެފައިވަނީ އޭނާއަށް އިންޒާރު ދީ މީހަކު ފޮނުވާފައިވާ މެސެޖުތަކެއް އާންމު ކުރައްވާ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މެސެޖުތަކުގައި ވަނީ މަހުލޫފަށާއި އާއިލާ އަށް މަރުގެ އިންޒާރު ވެސް ދީފައެވެ.

އެ މެސެޖުގައި ވަނީ “އަތު ޖެހުނު ނަމަ ނޮޅާލީމުސް” ކަމަށާއި ޖަމިއްޔާއަކާ ދޭތެރޭ ފިޔަވަޅު އެޅިޔަސް މުޅި އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މަހްލޫފަށް އިންޒާރު ދީފައި ވަނީ އިލްމުވެރިންގެ ނަސޭހަތާ ދެކޮޅަށް، އަދި “އިންޑިއާގެ ޕަޕެއްޓަކަށްވެ”  ޔޯގާއަކީ ހަލާލް އެއްޗެއް ކަމަށް ދައްކަން އުޅުއްވި ކަމަށް ބުނެއެވެ.

މަހުލޫފު ވިދާޅުވެފައިވަނީ އެކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެ ނަމަ އޭނާ ޔަގީނުން ވެސް ވާނީ ޝަހީދަކަށް ކަމަށާއި އަދި މިނިސްޓަރު ކަމަކީ ގަދަފަދަ ކަމެއް ކަމަށް ހީވިއަސް އޭނާއަށް މަގާމު އެއްވެސް ވަރަކަށް މުހިއްމު ނުވާ ކަމަށެވެ.

އިންޒާރާއި ގުޅިގެން މިނިސްޓާ މަހުލޫފް ދެއްވި ރައްދު

 

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރާނެކަން އިއުލާނު ކުރުމާއެކު އިލްމުވެރިންނާއި އަދި އާންމުންވެސް ވަނީ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ. އަދި އެއީ ހަރާމް ކަމެއް ކަމަށާއި އެއީ ހިންދޫންގެ ދީނީ ހަރަކާތެއް ކަމަށް ބުނެ އެކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ނަމަވެސް މަހުލޫފު ވަނީ މީގެ ކުރީގައި ވެސް ޔޯގާ ޑޭ ފާހަގަ ކުރާ ކަމަށާއި އަދި ކޮށްލާ ކަސްރަތެއް ހަރާމް ނުވާނެ ކަމަށް ވިދާޅުވެ، އިލްމުވެރިންގެ ބަސްތަކަށް ރައްދު ދެއްވައިފައެވެ.

މައްސަލަ ހޫނުވެގެން ދިޔައި މި ހަރަކާތް ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދަމުން ދަނިކޮށް، އެ ސަރަހައްދަށް ބަޔަކު ވަދެގަނެ ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގުމުގެ ސަބަބުންނެވެ. މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ މި އަމަލު ކޮށްވެރިކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ދަނީ ތަހުގީގުކުރެވެމުންނެވެ. މައްސަލައާއި ގުޅިގެން ހަ ފިރިހެނަކާއި ދެ އިލްމްވެރިންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ބައެއް މީހުންގެ ވަނީ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހ ތިޔަހީކުރަނީ ކުއްހީޔެއް ލާދީނީ މީހެއްގެ ގޮތުގާހުއްޓާ މަރުވެއްޖެނަމަ ދާނިނަރަކަޔަށް ؛ﷲގެމަގުގާ ޖިހާދުކުރާމިހާ ދާނީސުވަރުގެޔަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: