ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކުށަކަށް ހެދުމުގެ ދަންތުރައިގައި އެމްޑީޕީ އަމިއްލައަށް ޖެހޭނެ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމުގެ ގޮތުން ސަރުކާރުން ފާސްކުރަން މަސައްކަތް ކުރާ ގާނޫނުގެ ސަބަބުން އެމްޑީޕީ އަމިއްލައަށް ދަންތުރައިގައި ޖެހޭނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލުގެ ބޭނުމަކީ، ޤާނޫނުލްޢުޤޫބާތުގައި ބަޔާން ކުރާ އަމާންކަމާއި ރައްކާތެރިކަން އަދި އަހުލާގީ މިންގަނޑުތަކާއި ގުޅުން ހުރި ކުށްތަކުގެތެރޭގައި، ދިވެހި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ ގޮތުން ހިންގާ އަމަލުތައް ވަކި ކުށެއް ކަމަށް ކަނޑައެޅުންކަމަށެވެ. އަދި މި ޒާތުގެ ކުށެއް ކަމަށް ބެލެވޭނެ އަމަލުތައް ސާފުކޮށް، ބަޔާންކޮށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ބިލާއި ގުޅޭ ގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާގިނަދުވަސްތަކެއްނުވެ އެމްޑީޕީގެ މިކުލަ އުފެއްދުމުގެ ދަންތުރައިގައި އަމިއްލަޔަށް ޖެހޭނެ ކަމަށެވެ.

އެމްޑީޕީ އިން އިދިކޮޅުގައި އޮތްއިރު އެޕާޓީން ވަނީ ބޭރު ގައުމުތަކާއި ދެކޮޅަށް އަޑުއުފުލަން އެތައް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. މިހާރު ވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެޕާޓީގެ މެންބަރުން ޗައިނާ އާއި ދެކޮޅަށް ދަނީ ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ގާނޫނަށް ގެންނަ ބަދަލާއިއެކު ޖިނާއީ ކުށަކަށް ވާނެ ކަންކަމުގެ ތެރޭގައި އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުމާއި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން ވެސް ހިމެނެއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ގަރާރެއް ނެރުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: