ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި!

މިފްކޯގެ ބޯޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ ބޯޓަކުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ބަނގުރަލާއި އެހެނިހެން މަނާ ތަކެތި ފެނިފައި ވަނީ ބެންކްކޮކުން ފުރައިގެން ގއ. ކޫއްޑޫއަށް އައި އެމްވީ ޖަޒީރާ ރީފާ ބޯޓުން ކަމަށެވެ. އެ ބޯޓަކީ މިފްކޯ މަސްކުންފުނީގެ ބޯޓެއްކަމަށް މައުލޫމާތުލިބެއެވެ. މި ބޯޓުން އެތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކަސްޓަމްސް އިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ބޯޓުން އެތަކެތި ހޯދާފައިވަނީ ފުލުހުންނާއި އެމްއެންޑީއެފް އާއި ގުޅިގެން ކަމަށެވެ. މި މައްސަލައިގައި ބޯޓުން ފެނުނު ބަނގުރާތައް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓުން ފެނުނީ ކިހާ އަދަދެއްގެ ބަނގުރާކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވާއިރު ބޯޓުން ދެން ފެނުނު މަނާތަ ކެތީގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: