ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާ، މަޖިލީހުގެ ބައެއް މެމްބަރުންނާއި ގުޅުވައި އުމަރުގެ ބޮޑު ތުހުމަތު ތަކެއް!

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުންތަކެއް ވާކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

‘ޑްރަގަށް ދާއިމީ ހައްލު’ގެ ނަމުގައި ސަލްޓަން ޕާރކުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި، ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ކޮންމެ އިންތިހާބެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަނުމަށް، ޑްރަގް ޑީލަރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުރީގެ މަޖިލީހުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި ޝަމިލުވާ ފަރާތްތައް ތިބިކަމަށް އިޝާރާތް ކުރައްވާ، އުމަރު ވިދާޅުވީ، މިހާރުގެ މަޖިލީސް މެމްބަރުންގެ ތެރޭގައި އެފަދަ ބަޔަކުވާކަމަށެވެ.

ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި މިވަގުތުވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ތިބިކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ގިނަ އަދަދެއްގެ ވެރިން ވެރިކަން ކޮށްފައި ފައިބައިގެންދިޔަތަން ފެނިފަވާކަމަށެވެ. އެހެން ނަމަވެސް އެއްވެސް ވެރިއަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އަޅަންވީ ފިޔަވަޅުތައް އިންގިފައި ނުވާކަމަށްވީ ނަމަވެސް، ހައްލެއް ގެންނާނެ ކަމަށް މެނިފެސްޓޯތަކުގައި ލިޔެފައިވާކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކޮށް ނިމޭއިރު، ކުރިން އޮތް ވަރަށް ވުރެވެސް ހާލަތު ގޯސްވެދާކަމަށެވެ.

ދިވެހި ރާއްޖޭގައި ވެރިކަން ކުރި ފަރާތްތަކުން، މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރަން ބުނެފައިވީނަމަވެސް، އެކަން ކުރާނެ ގޮތް އެ ފަރާތްތަކަށް އިންގިފައިނުވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ކައުންސިލުތަކަށްވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް އައްޔަނުވެފަވާކަމަށެވެ. އަދި މަޝްހޫރު މީހުން މަރާ މީހުން މަރާ ފަރާތްތައްވެސް، ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގޮފިތަކުގެ ރައީސުންނަށް ތިބިކަމަށްވެސް އުމަރު ނަސީރު ފާހަގަކުރެއްވިއެވެ.

ދިވެހި ސިޔާސީ މަޝްރަހުގެ ބާރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުގައި ކަމަށް ސިފަވެގެންދާ ގޮތަކަށް ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ، ގޭންގުތަކުން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްވެސް ވަދެފަކަމަށެވެ. އަދި ސަރުކާރުގެ ތެރެއަށާއި، ސަލާމަތީ ބާރުތަކުގެ ތެރެއަށްވެސް އެފަދަ ފަރާތްތަކުގެ ނުފޫޒު ފޯރާކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި، ގުޅުންހުރި މައްސަލަތަކުގައި ކުށްތައް ސާބިތުނުވާކަން ކަށަވަރު ކުރުމަށްޓަކައި، ދައުލަތުގެ ވަޒީފާތަކުގައި ތިބި ތިން ހާސްވަރަކަށް މީހުންނަށް އެ ފަރާތްތަކުންދަނީ މަހުން މަހަށް އުޖޫރަ ދެމުންކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމަށްވެސް އުމަރު ފާޑުވިދާޅުވިއެވެ. އެގޮތުން އުމަރު ވިދާޅުވީ، މީގެ ތިރީސްވަރަކަށް އަހަރު ކުރިން، މަސްތުވާތަކެތީގެ ބޭނުންކޮށްގެން، ހުކުމް ކުރެވޭ ފަރާތްތައް ރާއްޖޭގެ އަތޮޅުތަކުގެ ކުދި ކުދި ރަށްތަކަށް އަރުވާލާކަމަށެވެ. އަދި އޭގެ ސަބަބުން އެ ރަށްތަކަށް މަސްތުވާތަކެތި ތައާރަފްވެ، އެ ވަބާ ފެތުރިގެންދިޔަކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، އެ ޖީލުތައް ހަލާކުވެގެންދިއުމަކީ، ދިވެހި ރާއްޖޭއިން ހެދިފައިވާ ބޮޑު ޕޮލިސީ މިސްޓޭކެއްކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: