ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަރީމާތައް ޢާންމުވެ، ފެތުރިގެން ދިޔައިރު ހޯމް މިނިސްޓާ ކޮބާ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަރީމާތައް އާންމުވެ ފެތުރިގެން ދިޔައިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮބައިތޯ ކުރީގެ ނާއިބު ރަައީސް ޑރ. މުހައްމަދު ޖަމީލްް އަހުމަދު ސުވާލު ކުރައްވައިފިއެވެ.

ޓްވީޓެއް ކުރައްވާ ޖަމީލް މިހެން އައްސަވާފައިވަނީ ރާއްޖޭގެ ނޫސްވެރިއެއް  ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެއްޖެކަމަށް ބުނެފައިވާ ހަބަރެއް ހިއްސާ ކޮށްފައެވެ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ވެރިކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވި ނަމަވެސް ހޯމް މިނިސްޓާ ޝެއިހް އިމްރާންގެ ޒިންމާ އުފުލެއްވުމުގައި ބިރުގަނެގެން ނުވާނެކަމަށެވެ. އަދި މިފަދަ ޖަރީމާތައް އާންމުވެ، ފެތުރިގެން ދިޔައިރު ފުލުހުން ކޮބައިތޯވެސް ޖަމީލް ވަނީ ސުވާލުއުފައްދަވާފައެވެ.

ކުރީގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޖަމީލް ވަނީ ފޯކަސް ގެއްލި ބާރުގަދަ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅިފައިވާކަމަށް ފާހަގަކޮށް މިހާ ހިސާބަށް ހާލަތު ދިޔައިރު ވަޒީރު ކޮބައިތޯވެސް އައްސަވާފައެވެ.

ދާދި ފަހުން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާއި ފޮޓޯ އާންމުވެފައިވާއިރު މިކަމުގައި ގައުމުގެ ތިން ބާރުގެ ތެރެއަށް ނިސްބަތްވާ ފަރާތްތަކަށްވެސް ތުހުމަތުކުރެވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ ނުވަތަ ތުހުމަތު ކުރާ މީހެއްގެވެސް ބަރަހަނާ ފޮޓޯވެސް ވަނީ ޖަމާއަތް ހަދައިގެން ފާހިޝް އަމަލު ހިންގާކަމަށް ބެލެވޭފަދަ ގޮތަކަށް ލީކްވެ މީސްމީޑިއާގައި ދައުރުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، ވަކީލް ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކުވެސް ކުޑަ ފިރިހެން ކުއްޖަކާއިއެކު އެއް ޖިންސުން ގުޅުހުން ހިންގާ ވީޑިއޯއެއްވަނީ އާންމުވެފައެވެ.

މިކަމާއި ގުޅިގެން ނާޒިމް ސައްތާރު ވަނީ ފުލުހަށްވެސް ހާޒިރު ކުރެވިފައެވެ. ނަމަވެސް ކަމާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައިނުވާއިރު ނާޒިމް ސައްތާރު ވަނީ އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. މައްސަލަ އާއި ގުޅިގެން ނާޒިމް ސައްތާރުގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާއިރު ނާޒިމް ސައްތާރުގެ އިތުރު މައްސަލަތައްވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުންވެސް އެއް ޖިންސުން ގުޅުން ހިންގާ އިތުރު ވީޑިއޯތައް އާންމުވެފައިވާއިރު ފުލުހުން ދަނީ މި މައްސަލަތައްވެސް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: