ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު މިނިސްޓްރީން ހިންގީ ގާނޫނާއި ހިލާފު އަމަލެއް!

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ހިންގި މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީން އިންޑިއާގެ ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން، ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ޑޭގެ ހަރަކާތަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފަށް ހިންގި ހަރަކާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޔޯގާ ޑޭގެ ހަރަކާތްތަކީ، ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ފާހަގަކޮށް، އެ ހަރާކާތުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި، ފުލުހުންގެ މުއައްސަސާއަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޒަމާންވީ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތު، ރައްކައުތެރިކަމާއި. އަމާންކަން އަދި ސުލްހަމަސަލަސްކަން ދެމެހެއްޓުމައްޓަކައި، ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވުމުން، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން، ހިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެއްކަމަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން، ހިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެއްކަމަށް ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ފުލުހުންގެ މުއައްސަސާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި، މީހުންގެ ތެރޭގައި، ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި، އެފަދަ އަމަލުތައް ހިނގުމަކީ މަނާކަމެއް ކަމަށެވެ. އަދި ހިންގަން އުޅުމަކީވެސް މަނާކަމެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީހުންގެ ތެރޭގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި، އެފަދަ އަމަލުތައް ހިންގުމަކީ މަނާކަމެއް ކަމަށް އަދި ހިންގަން އުޅުމަކީވެސް މަނާކަމެއް ކަމަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ބުނެފައިވާކަމަށް ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޔޯގާގެ ހަރަކާތްތައް ދިވެހި ރާއްޖޭގައި މިހާރަކަށް އައިސް ކަސްރަތެއްގެ ސިފައިގައާއި، ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ހިންގަމުންދާކަމަށެވެ.

އެހެން ނަމަވެސް، 2004 ވަނަ އަހަރު “ދާރުލް އިފްތިތާހުލް މިސްރިއްޔާ”(މިސްރުގެ ފަތުވާ ދޭ މަޖިލިސް) އަދި “އަލް މަޖްލިސުލް ވަތަނީ ލިލްއިފްތާއި ފީ މާލިޒިއްޔާ”(މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިސް) އިންވެސް، ޔޯގާގެ ހަރަކާތަކީ މުސްލިމުންގެ މައްޗަށް ހަރާމްވެގެންވާ އަމަލެއްކަމަށާއި، ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވުމުން، ކުޅިވަރެއްޖެ ސިފައިގައިވެސް ހުއްދަ ނޫންކަމަށް ބުނުމުގެ އިތުރުން އެކަމުން މުސްލިމުންގެ އަގީދާއަށްވެސް އަސަރުކުރާކަމަށް ބުނެފައިވާކަމަށް، އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ފާހަގަކޮށްފަވެއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދަށުން، މީހުންގެ ތެރޭގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި، އެފަދަ އަމަލުތައް ހިނގުމަކީ މަނާކަމެއް ކަމަށާއި، މިސްރުގެ ފަތުވާ ދޭ މަޖިލިހާއި، މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުންވެސް އެ އަމަލުތަކަކީ ހަރާމް ކަމެއް ކަމަށް ބުނެފައިވާކަމަށް ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެ ފަތުވާތަކަށް ރިއާއަތްކޮށް، ޔޯގާ ގެ ހަރަކާތަކީ ހިންދޫންގެ އަޅުމަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ބުނާކަމަށެވެ.

ޔޯގާ ގެ ހަރަކާތަކީ ހިންދޫންގެ އަޅުމަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ބުނާކަމަށް ފާހަގަކޮށް ފުލުހުންގެ މުއައްސަސާއަށް ފޮނުވާފައިވާ ސިޓީގައި އިތުރަށް ބުނެފައިވަނީ، ޔޯގާޑެގެ ހަރަކާތްތައް، އިސްލާމީ ޝަރީއަތާއި ހިލާފުވުމުގެ އިތުރުން، ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން މަނާ ކުރެވިފަވާކަމަށެވެ. އެހެންކަމުން، އިސްލާމީ ޝަރީއަތާއި، ދިވެހި ގާނޫނާއި ގަވައިދު ނެގެހެއްޓުމުގެގޮތުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މުއައްސަސާއަށް އަންގާކަމަށްވެސް ސިޓީގައި ބުނެފަވެއެވެ.

އިސްލާމީ ޝަރީއަތާއި، ދިވެހި ގާނޫނާއި ގަވައިދު ނެގެހެއްޓުމުގެގޮތުން، ޔޯގާ ފަދަ ދީނީ ހިލާފުތައް އުފެދޭ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މުއައްސަސާއަށް އަންގާކަމަށް ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ ފޮނުވިފައިވަނީ، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށްވާއިރު، ގިނަ ބައެއްގެ ޝަކުވާތަކާއި ގުޅިގެން، ރަސްފަންނުގައި ހިންގުމަށް ހަމަޖެހިފައިވާ ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ނުދިނުމަށް މާލެ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ. މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމާއިއެކު، ޔޫތު މިނިސްޓްރީންވަނީ ޔޯގާ ޑޭގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ޖޫން މަހުގެ 21 ވަނަ ދުވަހު ގެ ހެނދުނުގެ ވަގުތެއްގައި އެ ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް، ރައްޔިތުންތަކެއް ވަނީ ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.

ޔޯގާ ޑޭ ގެ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ތެރެއިން، ގަލޮޅު ދަނޑުތެރޭގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައިއެވެ. ހަމަ ނުޖެހުންވަގުތު، އެ ހަރަކާތް ހިންގުމަށް އިސްވެ ހަވާލުވެ ހުންނެވި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ އިތުރުން، އިންޑިއާގެ ހައި ކޮމިޝަނަރު އަދި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންތަކެއްވެސް ދަނޑުގައި ހާޒިރުވެ ތިއްބެވެ. ހަމަ ނުޖެހުންތަކެއް ހިނގަން ފެށުމުން ފުލުހުންގެ މުއައްސަސާއިންވަނީ އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށްޓަކައި، ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައެވެ. މި ހަމަނުޖެހުމާއި ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް ތަހުގީގުތަކެއް ހިންގައި، އިންސާފު ގާއިމު ކުރައްވާނެކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފަވެއެވެ. މިހާތަނަށް 19 ވަރަކަށް މީހުން ހައްޔަރު ކުރެވުނުއިރު، ހައްޔަރު ކުރި  ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންނާއި، އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ދިވެހި ރައްޔިތުންތަކެއް ވަނި ދާދި ފަހުން، އަތޮޅުވެހި ހިމެނެ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައިއެވެ. އަދި އިދިކޮޅު ކޯލިޝަންގެ މެމްބަރުންވެސް މިކަމާއި ގުޅިގެން މުޒާހަރާކޮށްފައިވާކަން ފާހަގަކޮށްލެވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: