ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިޔާ ރިޟުވާންއާއި ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

ބްލޮގަރު ޔާމިން ރަޝީދު އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށްނަގާ ގެއްލުވާލި މައްސަލައާއި، ބްލޮގަރު ޔާމިން ރަޝީދު މަރާލި މައްސަލައިގައި، އެކަން ރާވައި ހިންގުމުގައާއި، ހިންގުމަށް މަގުފަހި ކުރުވައ،ި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށް، ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟުވާން ވަގަށްނަގާ ގެއްލުވާލި މައްސަލައާއި، ބްލޮގަރު ޔާމިން ރަޝީދު މަރާލި މައްސަލައާއި މެދު ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ބަޔާނުގައި ވާގޮތުން، އެ މައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ، ކ މާލެ، މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް، ކ މާލެ، ދަފްތަރު ނަމްބަރު RS8499، އަހުމަދު މުއާޒް އަދި ކ މާލެ، މ. ލެގޫންވިއު، އިސްމާއިލް އަބުދުއްރަހީމް އާދަމް އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ކ މާލެ، މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް އަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެއް ކަމަށެވެ. ރިޟްވާން ގެއްލުވާލި މައްސަލައިގައި، އެކަން ބަލާ ކޮމިޓީންވަނީ ރީއެނެކްޓްމެންޓް ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. ރިޟްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ އެންމެ ބޮޑު ވައުދަށްވާއިރު، މިވީ އަހަރުތަކުގެ ތެރޭގައި އެ އާއިލާއަށް އެއްވެސް އިންސާފެއް ލިބިފާނުވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަގުގެ 23 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި، ބޭއްވި އަޑުއެހުމުގައި ސިއްރު ހެކި ބަސް ދިން މީހަކު ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލަން ފުރަތަމަ ރޭވީ ފުރުޤާން މިސްކިތުގައި ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މައްސަލަތައް ބެއްލެވުމަށް ވައުދުތަކެއް ވެފައިވީނަމަވެސް، އަދި މި މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ މައްޗަށް ކުށް ސާބިތުކޮށް، ފިޔަވަޅުތަކެއް އެޅިވައިނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: