ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި ޔާމިންގެ މަރު: ހެކި ނެތިގެން އަހަނދުގެ މައްޗަށް ކުށް ސާބިތު ނުވި!

ފުލުހުން އަހްމަދު އިސްމާއިލް (އަހަނދު) ހައްޔަރުކުރަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލުވާލުމާއި، ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ ތެރެއިން އަހުމަދު އިސްމާއިލް (އަހަންދު) ގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ގައި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރިޟްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމާއި އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ، ރިޟްވާން ވަގަށް ނަގައި އޭނާގެ ބޯ ބުރިކޮށް ކަނޑު ފައްތާފައިވާކަމަށެވެ. އަދި ރިޟްވާނަށް ހަމަލާ ދޭން ބަޔަކު ރޭވީ ރާއްޖޭގައި އުފެދިފައިވާ މިނިވަން ފިކުރު ގެ ބަޔަކާއި ހަރުކަށި ފިކުރުގެ ބަޔަކު ދެމެދުގައި އުފެދުނު ދެބަސްވުމަކާއި، ހަމަނުޖެހުމެއްގެ ތެރެއިންކަމަށް ރިޕޯޓުގައި ވެއެވެ.

މި މައްސަލައިގައި އަހުމަދު އިސްމާއިލްގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިތުރު ބަޔަކާ ގުޅިގެން 2014 ގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލުފާޅު ކުރާ މީހުންނަށް އަދަބު ދިނުމަކީ އެއީ އެ މީހުން އަމިއްލަ ގޮތުން ކުރަން ޖެހޭކަމެއްގެ ގޮތުގައި ބަލައި، އެކަން ރާވައި އެފަދަ ގުރޫޕުތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނުކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ.

އެގޮތުން އެފަދަ މީހުންނަށް ގެއްލުން ދީ، ބިރު ދެއްކުމާއި އެކު ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހޯދިކަމަށާއި ރިޟްވާނާއި ޔާމީނަކީ އެކަންކަމުގައި އިސްކޮށް އުޅުނު ބައެއްކަމަށް ނިންމައި އެ މީހުންނަށް ގެއްލުން ދޭން ވެސް ރޭވިކަމަށް ތުހުމަތުގައި ވެއެވެ.

މި ތުހުމަތުތައް ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތްކަމަށް ނިންމައި ކޯޓުން ކަނޑައެޅީ އަހަންދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރު ކުރުމަށް ދައުލަތުން އެދުނީ، ޝަރީއަތުގައި ހާމަވެގެން ދާނެ މައުލޫމާތެއްގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ބަލަ އެވެ. އޭގެ އިތުރުން އަދިވެސް ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގެ އިތުރު ބައެއް ތަހުގީގުތައް ކުރިޔަށް ދާތީ އޭގެ ސަބަބުން ހުރަސްތަކެއް ދިމާވެދާނެތީ އެވެ.

މި މައްސަލައިގައި އަޑުއެހުންތައް ސިއްރުން ކުރިޔަށް ގެންދިއުމަށް ދައުލަތާއި، ދިފާއީ ވަކީލުން ވެސް އެދުނެވެ. ދައުވާ އުފުލައި، މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުން ކުރިޔަށް ގެންދިޔައީ ނޫސްވެރިންނަށް ހުޅުވާލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: