ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީކުވެގެން އުޅޭ ވީޑިއޯތަކާއިމެދު ޑރ ޖަމީލުގެ ވަރުގަދަ ބަޔާނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސިޔާސީ ބޭފުޅުންގެ ބަރާހަނާ ވީޑިއޯތައް ސައްހަ ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯތަކަކީ، ވަރުގަދަ ގަރީނާ ހެއްކަކަށް ވެގެންދާނެކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ގިނަ ފަރާތްތަކެއް، އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ވީޑިއޯތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު، ޑރ މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާންމުވެފައިވާ ވީޑިއޯތަކަކީ، އިސްލާމީ ޝަރީއަތައް، ސައްހަ ވީޑިއޯތަކެއްކަން ސާބިތުވެއްޖެ ހާލަތުގައި، އެ ތަކެތި ވެގެންތާނީ، ސައްހަ ވަރުގަދަ ގަރީނާ ހެކިތަކަކަށް ކަމަށެވެ. އަދި އެ ހާލަތުގައި ކުށުގެ ބާވަތުން ތައުޒީރު ކުރެވޭނެކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ހިންގާފައިވާ އަމަލުތަކުގެ ގޮތުން، ތައުޒީރު، ހައްދަށްވުރެއްވެސް ހަރުކަށި ވެދާނެކަމަށާއި، ވީޑިއޯއިން ފެނިގެންދާފަދަ އިސްލާމް ދީނާއި ހިލާފު ބޮޑެތި ކުށްތަކަށް ދިވެހި ރާއްޖޭގައި ތައުޒީރީ އަދަބުވެސް ދެވޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުގައި ވާގޮތުން، އެއްޖިންސުން ގުޅުން ހިންގީ، ދެފަރާތް ރުހިގެންކަމަށްވީނަމަވެސް، ކުރެވެނީ ކުށެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގީ އަނެކާގެ ނުރުހުމުގައި ކަމަށްވީނަމަވެސް އެ ކުރެވެނީވެސް ކުށެކެވެ.

ދިވެހި ގާނޫނުގައި މިފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ދެވޭނެ އަދަބުވެސް ވަނީ ކަނޑައެޅިފައެވެ. އެއްޖިންސުން ގުޅުން ހިންގީ، ރުހުމުގައި ނަމަ، އެ ފަރާތައް ދޭނެ އަދަބަކީ، ފަސްއަހަރާއި، ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. އަދި އަނެކާގެ ނުރުހުމުގައި ހިންގައިފިނަމަ، އެ ފަރާތަކަށް ދެވޭނެ އަދަބަކީ، ހަތް އަހަރާއި ދިހަ އަހަރާތް ދެމެދުގެ މުއްދަތަކަށް ޖަލައްލުން ކަމަށް ގާނޫނުގައި ބުނެފަވެއެވެ.

އާންމުވެފައިވާ ވީޑިއޯތަކުގައި ހިންގާފައިވާ ކުށްތައް ސާބިތުވެއްޖެނަމަ، އެކަމަށް ހަރުކަށި އަދަބުތައް ދެވޭނެކަމަށް ކުރީގެ ނައިބުރައީސް ޖަމީލު ވިދާޅުވެފައިވާއިރު، އެފަދަ ގިނަ އަދަދެއްގެ ވީޑިއޯތަކެއް އާންމުވަމުންދާކަމަށް ފާހަގަކުރެވެއެވެ. މި ވީޑިއޯ ތަކުގައި ދިވެހިރާއްޖޭގެ ހައި ޕްރޮފައިލް އެތައް ބައެއް ފެނިގެންދާކަމަށް ތުހުމަތު ކުރެވިފައިވާއިރު، އަދި ފުލުހުންގެ މުއައްސަސާއިން އެއްވެސް ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ބުނެފަނުވެއެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއިން ހިންގަމުންދާ ތަހުގީގަކާއި ގުޅިގެން މަޝްހޫރު ލޯޔަރެއްކަމަށްވާ، ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފެހެއްޓިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިންވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މުއައްސަސާއިން މިވަގުތު، ގިނަ ބައެއް ހިމެނޭހެނ،ް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށްވެސް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: