ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ބޭރު އޭޖެންޓެއްކަން ކަށަވަރު: ޑރ ޖަމީލް

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ބޭރުގެ އެޖެންޓެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ލިސްޓުގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި މީހުންނާއި، ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް މީހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބައެއް އާއިލާތަކުގެ މެމްބަރުންނަށް ގޯތި ލިބިފައިވެއެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތަކަށް ގޯތި ލިބޭ މައްސަލަ އާއްމުވިއެވެ.

ރަށްވެހިކަން ބަދަލު ކުރިތާ ފަސް އަހަރު ވެސް ނުވޭ އެ އިންޑިއާ މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ދޮން ބައްޕައެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ ގައުމަކަށް ނުރައްކަލުގެ ރަނގަބީލު ޖަހާނީ މިވަރަށްކަމަށާއި، އަދި ރައްޔިތުކަން ދިނުމަކީވެސް ނުރައްކަލެއްކަމަށެވެ. މާލެ ރައްޔިތުންނަށް ޖެހިފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ގޯތި ދޫކުރިއިރު، ގޯތިދިނީ އެތަކެއް ދިވެހިންތަކެއް މަޙްރޫމްކޮށްފައިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި ގޯތި ދީފައަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ އެމަނިކުފާނުގެ ވަފާތެރިންނަށްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އިރުތަށް އޭނާ ވިދާޅުވީ މިއީ ރާވައިގެން ކުރި ވައްކަމެއްކަމަށެވެ. އަދި ދިވެހިން ނެތިކޮށްލުމުގެ މަސައްކަތްކުރަމުންދާކަމަށާއި، ރައީސް ސާލިހަކީ ބޭރުގެ އެޖެންޓެއްކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: