ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިންގެ ޝަރީއަތުގެ އަޑު އެހުމަށް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެމައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާކަމަށް އެމަނިކުފާންގެ އިސް ވަކީލް ޑރ.މުހައްމަދު ޖަލީމް އަހްމަދު ވިދާޅުވެއްޖެއެވެ.

މިމައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައި މިވަނީ އަޑުއެހުމެއް ނުބާއްވާތާ އެއްމަސް ދުވަހަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވަމުންދާތީ ހައިކޯޓަށް ވަޑައިގެން ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު ހައިކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ޑރ. ޖަމީލް ވިދާޅުވީ، ބުރާސްފަތިޮ ދުވަހަށް ރައިސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް ތާވަލް ކުރެވިފައިވާއިރު، އެއް އަޑުއެހުން ނުވަތަ ދެ އަޑުއެހުމުން މައްސަލައިގެ އަޑުއެހުންތައް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވިދާޅުވިއެވެ.

އަދި ރައިސް ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޑރ.ޖަމީ؛ލް ވިދާޅުވިއެވެ.

ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ އަށް ހުރަސް އެޅުނީ ފަނޑިޔާރުން ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. މައްސަލައިގެ ޝަރީއަތައް ފުރަތަމަ ހުރަސް އެޅުނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އިމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ. ފަނޑިޔާރު ހުޒައިފާގެ ޗުއްޓީ ނިމުނުއިރު ފަނޑިޔާރު މުހައްމަދު ސަލީމް ޗުއްޓީ އަށް ވަޑައިގެންފައި ވުމުން މައްސަލަ ތާވަލް ނުކުރެވި ދިގުލައިގެން ދިޔައީ އެވެ.

ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން ތާވަލް ކުރިއިރު އެމަނިކުފާނުގެ ވަކީލުން ވަނީ މައްސަލައިގެ ހުކުމް ތަންފީޒު ކޮށްދިނުން ފަސްކޮށް ދިނުމަށާއި، އަދި ދަށު ކޯޓުން އިއްވާފައި އޮތް ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: