ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކެނޑިޑޭސީ ބަލައިނުގަތުމަށް ނިންމީ ގާނޫނާއި ހިލާފަށް: ޖަމީލް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވާފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށް އެމަނިކުފާންގެ ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ކެނޑިޑޭސީ ބަލައިނުގަތުމަށް އީސީން ނިންމުމާފައިވާތީ، އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށްކަމަށެވެ.

ޖަމީލް ވިދާޅުވީ އީސީއިން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ތަތުބީގުކޮށްފައިވަނީ ނުބައިކޮށްކަމަށެވެ. ޑރ ޖަމީލް ހަވާލާދީފައިވާ، އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުުތުތައް ކަނޑައަޅާފައިވާ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެކަމަށެވެ.

ނަމަވެސް، ގާނޫނުއަސާސީ އޮންނަ ގޮތުން، އެ މީހަކު ކުރި ކުށަކީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނަމަ ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް އިންތިހާބުގައި ވާދަނުކުރެވޭނެއެވެ.

ޖަމީލް ވިދާޅުވީ އިލެކްޝަން ކޮމިޝަންސް ވަނީ ނުފޫޒެއްގެ ދަށުވެ، ތާށިވެފައިކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ގާނޫނުގައި ވާގޮތުގެ މަތިން މިހާރު ތައްޔާރުވަމުން ދަނީ، މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: