ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ދުވާލު ރޭގަނޑަށް، އަންހެނުން ފިރިހެނުންނަށް ހަދައިފި: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ދުވާލު ރޭގަނޑަށް އަދި އަންހެނުން ފިރިހެނުންނަށް ހަދައިފިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫގައި ރައީސް ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި “އިބޫ 2023” ގެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ މި ސަރުކާރުން ރާއްޖޭގެ 357 ރަށެއްގައި ފްލެޓް އަޅައިފިކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ޖަމީލް ވަނީ ރައީސް ސާލިހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒިކުރައްވާފައެވެ. އެގޮތުން އެމަނިކުފާނަކީ ނުކިޔާ ހުންނެވި ބޭފުޅެއްކަމުގައި ލަވައަކުން ސިފަކޮށްފައިވާއިރު، ކުރިއަށްދަނީ ދޮގު ހެދުމައިގެންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސުނާމީ އެރީ 18 އަހަރުކުރިން 2014 ގައިތޯވެސް ޖަމީލް ވަނީ ސުވާލުއުފައްދަވާފައެވެ.

ޖަމީލްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ދުވާލު ރޭގަނޑަށް ހަދައިކަމަށާއި، އަންހެނުން ފިރިހެނުންނަށްވެސް ހަދައިފިކަމަށެވެ. އަދި ގައިން ވަރުދޫވެ މުޅި ގައުމު ނަފްސާނީވެދާނެކަމަށް ފާހަގަކުރައްވާ ޖަމީލް ވަނީ ރައީސް ސާލިހު ވެރިކަމުން ފޭބުމަށް ގޮވާލާފައެވެ.

އަބަދުވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުން ގެންދަވާ ޖަމީލް ވަނީ މީގެ ކުރީގައިވެސް ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި މި ވެރިކަމުގައި ކަން ހިގަމުންދާ ގޮތާއިމެދުވެސް އޭނާ ގެންދަވަނީ ނުރުހުންވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: