ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ސޯލިހްގެ ނުލަފާކަން – ޑރ.ޖަމީލް

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ދިމާލަކުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނުލަފާކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ސޯލިހްގެ ނުލަފާކަން ދައްކާތަން ކަމަށެވެ.

ރައީސް ސޯލިހްގެ ނުލަފާކަމުގެ ހެއްކަކީ ރައީސް ސޯލިހް ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް ދީން ބޭނުން ކުރުމާއި ކޮރަޕްޝަނަކީ އެމްޑީޕީ އާއި އަދި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރު ކަމުގައި ހެދުން ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ދެން ކުރެއްވި ސުވާލަކީ “ވެރިޔަކު ނުލަފާވާނީ ދެން ކިހާވަރެއް ވީމާބާ؟” އެވެ.

ޑރ.ޖަމީލްގެ ޓްވީޓްގައި ވަނީ އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓެއް ނެރުނު އެމްޑީއެންގެ ޑިރެކްޓަރ ޝަހިންދާ އިސްމާއީލް ރާއްޖެ އިން ބޭރުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އިން ފޮޓޯއަކާއި ނާޒިމް ސައްތާރުގެ ފޮޓޯއަކާއި އެމްޓީސީސީ އިން ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރަކާއި ކޯލިޝަންގެ ލީޑަރުން ފެންނަ ފޮޓޯއެއް ހިމަނާފައެވެ.

ޑރ.ޖަމީލަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނައިބު ރައީސް އެވެ. ނަމަވެސް ރައީސް ޔާމީނާއި ޑރ.ޖަމީލްގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ 2015 ޖުލައި 21 ގައި ޑރ.ޖަމީލް ނައިބު ރައީސް ކަމުން ދުރުކޮށްފައެވެ.

ނައިބު ރައީސް ކަމުން ވަކިކުރުމުން ޑރ.ޖަމީލް ގައުމުން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރައީސް ސޯލިހްގެ ސަރުކާރުގެ ކަންކަމާއި ދެކޮޅަށް ޑރ.ޖަމީލް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: