ބ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެޓް ސައިޓަށް ވަނީ ގެންދެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ބޭރު ތޮށިލުމުގެ މަސައްކަތެވެ.
މީގެ އިތުރުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އަކީ39.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

