ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ފެކްޝަނަށް އޮތް އެމްޑީޕީވެސް މުންކަރާތްތަށް ދިފާއުކުރަން އެކަތިގަނޑަކަށް ވެއްޖެ: ސަލީމް

ޕީޕީއެމް އަދި ޕީއެންސީ ޕީޖީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ފެކްޝަނަށް ބެހިފައިވާ އެމްޑީޕީވެސް، މުންކަރާތްތަކާއި ބޮޑެތި ފާފަތަކާއި ދީނުގައި ނަހީ ކުރައްވާފައިވާ ފާހިޝް އަމަލުތައް ހިންގުމަށް އެއް ގަލަކަށް އަރައިފިކަަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް އިދިކޮޅުގެ ނައިބު ރައީސް، ނައިފަރު ދާރާގެ މެންބަރު އަހްމަދު ޝިޔާމް ލިވާތުކުރާ މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުއްމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް އެޖެންޑާވެސް ނުކޮށް ބޭރު ކޮށްލުމުން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީ ހަމައެކަނި ދެބައި ވަނީ އެމީހުންގެ ސިޔާސީ ރޭހުގައި ރައީސްކަމުގެ މަގާމު ދެއްވަންވީ ފަރާތަކާއިމެދުގައިކަމަށެވެ.

ޔަހޫދީންނާއި ނަސޯރާއިންގެ ތެރެއިން މިސާލު ދައްކަވާ ސަލީމް ވިދާޅުވީ އެބައިމީހުންނަކީވެސް އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ހަސަދަވެރި ބަޔެއްކަމަށާއި ނަމަވެސް މުސްލިމުންނާއި ދެކޮޅުވާންވީމައި ކާފިރުންނާއި ޢައިރު މުސްލިމުންވެސް އެއްގަލަކަށް އަރާކަމަށެވެ. ހަމަ މިއާއި އެއްފަދައިން އިދިކޮޅަށް ދެރައެއްދީ ނުވަތަ ދީނަށް ފުރައްސާރަކުރަންވީމައި އެމްޑީޕީގެ ދެ ފެކްޝަންވެސް އެއް ގަލަކަށް އަރާކަމަށް ސަލީމް ވިދާޅުވިއެވެ.

މި ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވާ އިސް ފަރާތްތަކެއް އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯ އާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ ދައުރުވަމުން ދިޔުމާއި ގުޅިގެންނެވެ. ވީޑިއޯއިން ފެންނަކަމަށް ބުނާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، ވަކީލް ނާޒިމް ސައްތާރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) ހިމެނެއެވެ.

މިކަމާއި ގުޅިގެން ޕީޕީިއެމްއިން ބުނެފައިވަނީ އެ ތުހުމަތުތައް ދޮގުކޮށް ވީޑިއޯއިން އެބޭފުޅުން ނޫންކަމަށް ވިދާޅުވުން މިއީ ކުޑަ ކުދިންގެ ގާތު ދައްކަންޖެހޭ ކަހަލަ ވާހަކައެއްކަމަށާއި ވީޑިއޯއިން ރަނގަޅަށް އެބޭފުޅުންނަށް މަންޒަރު ފެންނަކަމަށެވެ.

މި މައްސަލަ މިއަދުގެ މަޖިލީހަށް ހުށައެޅުއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މީސް މީޑިއާގައި ލީކްވެގެން އުޅޭ ފޮޓޯތަކާއި ވީޑިއޯތަކުގެ އަސްލު ކަށަވަރު ނުވެ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ނުކުރެވޭނެކަމަށެވެ. ނަޝީދު ވިދާޅުވީ އެ ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ކަމަށާއި އަދި އެ މައްސަލަތައް އޮތީ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށެވެ. އަދި އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރުނުވެ އެއީ އަސްލުކަމަށް ބަލައި އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސްކުރުކަށް ޖާގަ އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: