ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޖޯރިޓީ ލީޑަރު ދޫނުދިން، މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެނުނު: މައިނޯރިޓީ ލީޑަރު

ޕީޕީއެމްގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ދޫނުދެއްވާ ހާލަތެއްގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވުމާއިއެކު، ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމްޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ނޫސްވެރިންނާއި ބައްދަލުކުރެއްވީވެސް މަޖިލިސް ހުއްޓިފައިއޮތުން ނިމުމަކަށް ގެނައުމަށް އިދިކޮޅުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ސަރުކާރުންކަމަށެވެ. އެހެންކަމުން އެ ހާލަތުން އަރައިގަތުމުގެ އިހުތިޔާރުވެސް އޮތީ ސަރުކާރުގެ ފެކްޝަނުގައިކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. ހާއްސަކޮށް މެޖޯރިޓީ ލީޑަރުގެ އަތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން މަޖިލީސް “ހަރާބު” ކުރާކަމަށް އަސްލަމް ވިދާޅުވެފައިވާކަމަށް ސަލީމް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ، މީގެ ކުރިންނާއި މިހާރުވެސް މަޖިލީހުގެ މަސައްކަތްތައް “ހަރާބު” ކުރަމުންދަނީ ކޮން ބައެއްކަން ނޫސްވެރިންވެސް ހިމެނޭހެން އެންމެހާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިދިކޮޅުން ބަޔަކަށް ބުނެދޭންޖެހޭ ކަންކަން ނޫންކަމަށެވެ.

ސަލީމް ވިދާޅުވީ، އަސްލަމް ދޫދެއްވައިގެން ނޫންގޮތަކަށް މަޖިލީސް ކުރިއަށް ގެންދެވޭނެ މަގެއް ކުރެއްވި މަސައްކަތްތަކުގެ ތެރެއިންވެސް ފެނިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ހުއްޓިފައި އޮތުން ނިމުމަކަށް ގެނައުމަށް އިދިކޮޅުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލިސް ހުއްޓުމަކަށް އައުމަށް ދިމާވެފައިވާ މައްސަލަ ފެށިގެން އައީ “ކަނޑުވިއްކާލި” މައްސަލައިގައި އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށައެޅުމާއިއެކުކަމަަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ އުފެދިގެންއައި މައްސަލައަކީ އޭޖީ މަޖިލީހަށް ހާޒިރުވެވަޑައިގެން ހުނަވާ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވުމުގެ މައްސަލަކަމަށެވެ. އޭނާ ވިދާޅުވީ، ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރު ކުރެއްވީ އޭނާ ހިތު ހުރި ވާހަކަތަކެއް ދެއްކެވުމަށް ނޫންކަމަށެވެ. ސަލީމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަކީ ރައްޔިތުން ކުރައްވާ ސުވާލުތައް ކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން މައްސަލަ ހުށައެޅި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ހޯއްދެވުން ހިމެނޭކަމަށެވެ. އެހެންނަމަވެސް ރިފްއަތު އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވާކަމަށާއި އަމިއްލަ ވާހަކަތަކެއް ދެއްކެވުމުން، މަޖިޅިހުގައި “މަރުތަޅު” އެޅުވީ ސަރުކާރުން އެ ކަންކަން ސިއްރުކުރަން ބޭނުންވުމުންކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، އެ މައްސަލަ އިތުރަށް ސާފު ކުރެއްވުމަށް ރައީސް ސާލިހު މަޖިލީހަށް ހާޒިރުކުރައްވައިގެންނަމަވެސް ސުވާލުތަކަށް ޖަވާބެއް ލިބިގެންދާތޯ މަޖިލީހަށް މިހާރު އެ މައްސަލަ ވައްދާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ވައްދާފައިވަނީ “ކަނޑުވިއްކާލި” މައްސަލައިގައި ޖަވާބު ހޯދުމަށްްކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއްނުދެއްވާ ރައީސް ސާލިހަށް ވެރިކަމައިގެން ކުރިއަށް ވަޑައިނުގެންނެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާއަކީވެސް ރައްޔިތުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރައްވަން ޖެހޭކަމަކީ ރައްޔިތުން ސުވާލެއް ކުރުމުން އެއަށް ޖަވާބެއް ދެއްވުންކަމަށް ސަލީމް ފާހަގަކުރެއްވިއެވެ، ސަލީމް ވިދާޅުވީ، ރައީސް ސާލިހު މަސައްކަތްތަކާއިގެން ކުރިއަށް ވަޑައިގަންނަވަންވާނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއް ދެއްވުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: