ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުން މެންބަރުން ބޭރުކުރިއިރު ލޭވެސް އޮހޮރުވި، މިއީ ޑިމޮކްރަސީގެ ސިފަތަކެއް ނޫން: ސަލީމް

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް).
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތަޅުމުން މެންބަރުން ބޭރުކުރިއިރު، ބައެއް މެންބަރުންގެ ގައިން ލޭވެސް އޮހޮރުވިކަމަށާއި، މިއީ ޑިމޮކްރަސީގެ ސިފަތަކެއް ނޫންކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ހިގައިދިޔަ ހަމަނުޖެހުމުގައި އިދިކޮޅުގެ މެންބަރުން ތަޅުމުން ބޭރުކޮށް، ރިޔާސީ ބަޔާން އިއްވާފައިވާތީ އިދިކޮޅުގެ އެހެން މެންބަރުންނެކޭވެސް އެއްފަދައިން ސަލީމް ވިދާޅުވީ މިއީ ޑިމޮކްރަސީގެ ވަރަށް ކަޅު ދުވަހެއްކަމަށެވެ. އަދި ޑިމްކޮރަސީގައި މިނިވަންކަމާއިއެކު ހިޔާލުފާޅުކުރުމުގެ ހައްގު ލިބިގެންވާކަމަށް ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެހެން ނަމަވެސް މިއަދުގެ މަޖިލީހުގައި މިކަމަށް ހުރަސް އެޅިކަމަށެވެ.

ސަލީމް ވިދާޅުވީ މީގެ ކުރީގައި އިހުތިޖާޖްކޮށްކޮށް އޮއްވާ ވަރަށް ގިނަ ރައީސުން ރިޔާސީ ބަޔާން އިއްވާފައިވާކަމަށެވެ. އެހެން ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުން އިދިކޮޅުގެ މެންބަރުންވެސް ނެރުނީ ވަރަށް އަނިޔާވެރިކަމާއިއެކުގައިކަމަށް ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ބައެއް މީހުންގެ ގައިން ލޭވެސް އޮހޮރުވިކަމަށެވެ. އަދި މެންބަރުން ތުރުކުރައްވައިގެން ތިބި ކޯޓަށް ލިބުނު ގެއްލުންތައް ސަލީމް ފާހަގަކުރެއްވިއެވެ.

މީގަ ހެއްވާކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ނަން ނީއްވާ ތިން ހަތަރު ބޭފުޅަކު، އަލުގަނޑަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު. އަޅުގަނޑު ހަގީގަތުގައި ރައީސުލްޖުމްހުރިއްޔާގެ ބަޔާނަށް ރައްދު ދޭން ޖެހޭ މީހަކީ.

ހަމަނުޖެހުން ހިންގާ އަޑުގަދަކުރުމުގެ ސަބަބުން ރިޔާސަތުން ނަން އިއްވި މެންބަރުންގެ އިތުރުން، އިދިކޮޅަށް ނިސްބަތްވާ އެހެން މެންބަރުންވެސް ތަޅުމުން ބޭރުކުރިކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ އޭނާއަކީ މައިނޯރިޓީ ލީޑަރުކަމުން ރިޔާސީ ބަޔާނަށް ރައްދުދިނުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ. ނަމަވެސް އެތައް ފަަހަރަކު ދެންނެވުމުންވެސް އެ ފުރުސަތު ނުދިންކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިކަމަށް މަޖިލީހުންނާއި ސިފައިންވެސް ހުރަސް އަޅަމުން ދިޔަކަމަށެވެ.

މިއީ ޑިމްކްރަސީގައި ކަން ކުރެވޭނެ ގޮތެއް ނޫންކަމަށް ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސަކީ މިނިވަންކަންކަމަށެވެ. އަދި މިއަދު މައިނޯރިޓީ ލީޑަރު ތަޅުމުން ބޭރުކުރުމަކީ ޑިމޮކްރަސީގައި ހެދޭނެ އެންމެ ބޮޑު ގޯސްކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ސަލީމް ތަކުރާރުކޮށް ފާހަގަކުރީ އޭނާއަކީ ނަން އިއްވި މެންބަރެއް ނޫންކަމަށާއި އެހެން ނަމަވެސް އޭނާވެސް ބޭރުކުރިކަމެވެ.

ސަލީމް ވިދާޅުވީ މި މައްސަލަ ފުލުހުންނަށްވެސް ހުށައެޅުމަށް ނިންމާފައިވާކަމަށާއި، އަދި މަޖިލީހުގެ އިދާރާއަށްވެސް މި މައްސަލައިގައި ސިޓީއެއް ފޮނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: