ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހުއަށް ހުޝާމަތު ކޮށްކޮށް އެމަނިކުފާނުވެސް ހަލާކުކޮށްލައިފި: ސަލީމް

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ހުޝާމަތުކޮށްކޮށް، އެމަނިކުފާނު ހަލާކުކޮށްލައިފިކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަޙްމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކުގެ ވޯޓުލުން އަހަރަކު އެއްފަހަރު ބާއްވަން ސަރުކާރުގެ ފަރާތުން ހުުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ އިންތިޚާބު ބާއްވާ މުއްދަތު ދަންމައިލުމުގެ މައްސަލައަކީ ވަރަށް ކުޑަ ބަދަލެއް ކަމަށެވެ. އަދި އެއީ މަޖިލީހުގެ މެންބަރުންނާ ހަމައަށް އެ މައްސަލަ ނުގެނެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންވެސް ނިންމަވައިލެއްވޭ ޒާތުގެ މައްސަލައެއް ކަމަށާއި، ރައީސް ޞާލިޙު އެއަށްވުރެ ބޮޑެތި ކަންކަންވެސް ޤަރާރުތަކުން ނިންމަވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

”އެއަށްވުރެ ބޮޑެތި ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޤަރާރުތަކުން ނިންމާފައިވޭ” ސަލީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްނެންގެވުމަށް އިދިކޮޅުން ހިންގަމުން އައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރަށެވެ. އެ ޤަރާރުގައި ރައީސްވަނީ އެ ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ހަރަކާތެއްކަމަށް ނިންމާ، އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފައެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ރައީސް ޞާލިޙަކީ މަޖިލީހުގައި އެ ބޭފުޅުންނާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، “ވަރަށް ރަނގަޅު ބޭފުޅެއް” ކަމަށެވެ. ނަމަވެސް ހުޝާމަތުކޮށް ރައީސް ޞާލިޙު ހަލާކުކޮށްފައިވާކަމަށް ސަލީމު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިތާނގައި އަޅުގަނޑުމެންނާއެކު ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް. ވަރަށް ރަނގަޅު ބޭފުޅެއް އެކަމަކު ހުޝަމަތުކޮށްގެން އެމަނިކުފާނުވެސް މުޅިން ހަލާކުކޮށްލައިފި،” ސަލީމު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއެންޕީގެ ރައީސް އަދި ދަގެތީ ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތްކުރައްވައި ސަލީމު ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށް ވަޒީރުކަން ކުރެއްވި ބޭފުޅަކުވެސް މިހާރު ވިދާޅުވަނީ ވެރިކަން ނޫނީ ދެން ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް މަޤާމެއް ލިބިވަޑައިގަތުމުން ހީކުރައްވަނީ އެ ބޭފުޅަކު ހުންނަވަނީ މާ މަތީގައި ކަމަށް ވިދާޅުވެ ސަލީމްވަނީ މެންބަރު ނާޒިމަށް މަލާމާތުގެ ބަސް ރައްދުކުރައްވާފައެވެ. ފިރުއައުނުގެ ހާދިސާއިން މިސާލު ޖައްސަވަމުން ސަލީމްވަނީ އެފަދަ ބޭފުޅުންނަށް ވެރިކަން ލިބިވަޑައިގަތުމުން ދެން ކުރައްވާނެ ކަމަކާމެދުވެސް ވިސްނައިލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: