ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހުގެ ތިންނަމުން އެއް ނަމާއިވެސް ދިމާނުވުމަކީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް: ސަލީމް

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް).
ޝެއާރކޮށްލާ ކަހަލަދޯ؟

ސާލިހު ތިން ނަމުން ނަންދެވިފައިވާ މީހެއްގެ އަމަލުތައް އޭގެން އެއްވެސް ނަމަކާއި ދިމާނުވުމަކީ ރައްޔިތުން ވިސްނާވަޑައިގަންނަވަންޖެހޭކަމެއްކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަލީމްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އުމުރުން 60 އާއި ގާތްވެފައިވާއިރު، މިއަދު ރާއްޖެއިން ފެންނަމުންދާ ފަދަ މަންޒަރުތަކެއް މީގެ ކުރިން ފެނިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ހިނގަމުންދާފަދަ ކަންކަން ރައްޔިތުންނަށްވެސް ފެނިފައިވާނެކަމަށް އޭނާ ހީނުކުރައްވާކަމަށެވެ. އަދި ރައީސް ސާލިހާއި އެއް މިންވަރަކަށް އަނިޔާވެރި ޖައްބާރު ފަރާތެއް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކަންވެސް ފެނިފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، ސާލިހު ތިން ނަމަކުން ނަންދެވިފައިވާ މީހެއްގެ ކިބައިގައި އެ ސިފަތައް ނެތުމުން އެކަމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށެވެ. ރައީސް ސާލިހުގެ ނަމާއި އެމަނިކުފާނުގެ އަމަލުތައް ހުންނެވި ގޮތާއި ދިމާނުވާތީ އެމަނިކުފާނު އެއީ “ކާކުތޯ” ވިސްނަންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ރައީސް ސާލިހުގެ މައިންބަފައިން އެމަނިކުފާނަށް ނަން ދެއްވި ސަބަބުވެސް ދެނެގަތުން މުހިންމުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ވިހޭ ދުވަހުގައިވެސް ކޮންމެވެސް އުނިކަމެއް ފާހަގަކުރެވުމުން، އެކަންކަން ރަނގަޅުވެދާނެކަމަށް ބަލައި އެ ތިން ނަމުން ނަންދެވިފައިވާކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ މައިންބަފައިންގެ އުންމީދުތައްވެސް ފެނަށް ގޮސްފައިވާކަމަަށެވެ. އެގޮތުން ދީފައިވާ ތިން ނަމާއިވެސް ދިމާނުވިކަމަށާއި އެހެންކަމުން ރައީސް ސާލިހުގެ ނުބައިކަމާއި ޖައްބާރުކަން އަދި އަނިޔާވެރިކަން ފަހުމު ކުރެއްވޭނެ ގޮތަކާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. ސަލީމް ވިދާޅުވީ، ރައީސް ސާލިހަށް ނިސްބަތްކުރަންޖެހެނީ ފިރުއަނު ފަދަ ނުބައި މީހުންގެ ނަންތަކުންކަމަށެވެ. އެއީ މައިންބަފައިން ދެއްވާފައިވާ ނަމާއި އެމަނިކުފާނާއި ގުޅުމެއް ނުވުމުގެ ސަބަބުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމްވަނީ ރައީސް ޔާމީން ޖަލުގައި އޮތް އޮތުމާއިމެދުވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މިއަދުވެސް ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުންދާ ނަމަވެސް އެއް ވަރަކަށް ހިތްވަރު ނެތިދިއުމުގެ އަސަރެއް ނެތްކަމަށެވެ. އަދި މިނިވަންކޮށް ތިއްބެވި އިދިކޮޅުގެ ލީޑަރުންގެ ކިބައިގައި ނެތްވަރަށް ހިތްވަރު ހުރިިކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ މިނިވަން ލީޑަރުން ބައެއް ހާލަތްތަކުގައި ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެއީ ދޫކޮށްލައްވަން ޖެހޭ ސިފަތަކެއްކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން، ބާޒުތަކެއްގެ ވާހަކަތައް ދެއްކެވިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ބޭރުން އަދި އެތެރެއިންވެސް އަތުވެދާނެ ނުރައްކާތަކެއްކަމަށެވެ. އެހެންކަމުން އެކަންކަމަށް ވިސްނަންޖެހޭކަމަށާއީ ދޫދީގެންވެސް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ހިތްވަރު އެލުވާނުލެއްވުމަށް އިލްތިމާޒްކުރައްވާފައިކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ބައެއް ނޫސްތަކުންނާއި ސަރުކާރުންވެސް މަސައްކަތްކުރަމުންދަނީ އިދިކޮޅުގެ ތެރޭގައި ފިތުނަ އުފައްދައި ފަސާދަކުރުމަށްކަމަށެވެ. އެހެންކަމުން ސެނެޓާއި ލީޑާރޝިޕުގައިވެސް އެފަދަ އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: