ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިބެޓިކްސް ޔޫތު ކޭމްޕް ދ ކުޑަހުވަދޫގައި ފެށިގެން ކުރިއަށް ދަނީ

ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް 2022
ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޑައިބް މޯލްޑިވްސް ކޭމްޕް 2022 ގެ ނަމުގައި ޓައިޕް 1 ހަކުރުބަލީގެ ކުދިންނަށް އަމާޒުކޮށްގެން ޔޫތު ކޭމްޕެއް ދ ކުޑަހުވަދޫގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

މި ޖޫން މަހުގެ 26 އިން 30 އަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ޖުމްލަ 21 ކުދިން ( އަތޮޅުތެރޭގެ 13 ރަށަކާއި މާލެއިން 7 ކުދިން ) ބައިވެރިވާ ކަމަށް އެ ސޮސައިޓީއިން މައުލޫމާތު ދީފައިވެއެވެ.

ޑައިބް މޯލްޑިވްސް ކޭމްޕްގެ މަގްސަދަކީ ހަކުރު ބައްޔާއި އެކު ދިރިއުޅުމަށްޓަކައި ކުދިންނަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދީ ހޭލުންތެރިކުރުވުމެވެ.

މީގެ އިތުރުން ހަކުރު ބައްޔާއި ގުޅޭ މައުލޫމާތު، ކާރބްކައުންޓިންގ އަދި ނިއުޓްރިޝަންގެ އިތުރުން ކަސްްރަތާއި ބެހޭ މައުލޫމާތާއި އެސް އެމް ބީޖީ (ސެލްފް މޮނީޓަރިންގ ބްލަޑް ގުލްކޯޒް) އާއި އިންސިއުލިން  ޕަމްޕް އަދި ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ދުޅަހެޔޮކަން ފަދަ މުހިއްމު މައުލޫމާތު ދިނުން މި ކޭމްޕަގައި ހިމެނެއެވެ. އަދި މި ކޭމްޕްގައި މައުލޫމާތުފޯރުކޮށްދެއްވާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ކަމުގައި ކަމަށް ޑައިބެކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހާމަކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: