ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްޓާގެ ވަރުގަދަ ސުވާލެއް ރައީސް، ނަޝީދަށް!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަތައް ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާއި ގުޅިގެން، މައްސަލަ ހުށައެޅުއްވި ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސްވެރިންތަކެއް ކަމަށް، ތުހުމަތު ކުރެވޭ ބަޔަކު، އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގަނިކޮށް ފެންނަ ވީޑިއޯތަކާއި ގުޅިގެން މަޖިލީހަށް ހުށައެޅި ދެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ބަލައިނުގަތުމަށް ނިންމާފައެވެ.

މައްސަލަތައް މަޖިލީހުގެ ތަޅުމުގައި ހުށައެޅުމަށް ފުރުސަތު ނުދެއްވާ، ރައީސް ނަޝީދު ވިދާޅުވީ، އެ ފޮޓޯތަކަކީ، ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އެ ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ތަކެއްޗަކީ، ސައްހަ ފޮޓޯއާއި ވީޑިއޯކަމަށް ކަނޑައަޅައި، މަޖިލީހުގެ ތަޅުމުގައި، އެ މައްސަލައާއި ގުޅޭ ގޮތުން ބަހުސް ކުރުމަށް ޖާގަ އޮތްކަމަކަށް އެ މަނިކުފާނު ދެކިވަޑައިނުގަންނަވާކަމަށެވެ.

އެމްޑީޕީގެ އިސްވެރިންތަކެއް ކަމަށް، ތުހުމަތު ކުރެވޭ ބަޔަކު، އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގަނިކޮށް ފެންނަ ވީޑިއޯތަކާއި ގުޅިގެން މަޖިލީހަށް ހުށައެޅުނު ދެ ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމަވާ، ލީކުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް އިޝާރާތް ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، އެ ތަކެތި އުފެދިގެން އައިސްފައިވާ ގޮތާއި ހަމަތަކެއް، ދެނެ ނުގަނެ، އެހެން މީހެއްގެ އަބުރާއި އިއްޒަތައް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ، އެ މަނިކުފާނު ދެކިލައްވާގޮތުން، ދިވެހިރާއްޖޭގެ ހަމަތަކާއި، އުސޫލުތައް އަދި އާދަކާދަވެސް ޖާގަދޭ ކަމެއް ނޫންކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް އެ ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާކަމަށާއި، އެހެންކަމުން އެ ތަކެއްޗަކީ، ސައްހަ ފޮޓޯއާއި ވީޑިއޯކަމަށް ކަނޑައަޅައި، މަޖިލީހުގެ ތަޅުމުގައި، އެ މައްސަލައާއި ގުޅޭ ގޮތުން ބަހުސް ކުރުމަށް ޖާގަ އޮތްކަމަކަށް ދެކިވަޑައި ނުގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް ކުރެެއްވި ޓްވީޓްގައި މުހައްމަދު ނަޝީދު އަބްދުﷲ ވަނީ، ކުއްލި މައްސަލަތައް ބަލައި ނުގެންނެވި ސަބަބަކީ، އެފަދަ އަމަލުތައް ހިންގުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުގެ އާއިލީ ކުޅިވަރު ކަމަށް ވުމުންތޯ ސުވާލުކުރައްވާފައެވެ.

އެހެން މީހެއްގެ އަބުރާއި އިއްޒަތައް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ، އެ މަނިކުފާނު ދެކިލައްވާގޮތުން، ދިވެހިރާއްޖޭގެ ހަމަތަކާއި، އުސޫލުތައް އަދި އާދަކާދަވެސް ޖާގަދޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ދައުރުވަމުން އަންނަ ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލައިގައި އެ މަނިކުފާނުވަނީ، ފުލުހުންގެ މުއައްސަސާއަށް ނިސްބަތްކޮށް އެ މުއައްސަސާގެ އަބުރަށް ގެއްލުންވާނެ ތުހުމަތެއް ކުރައްވާފައިވެއެވެ. ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވަނީ، ފުލުހުންގެ ތެރޭގައި، އެފަދަ ތަކެތި ބޭނުންކޮށްގެން، ބްލެކްމެއިލް ކުރާ ރިންގެއް ހިންގަމުންދާކަމަށެވެ. އަދި މިފަހުން ފޮޓޯތަކާއި ވީޑިއޯ ނަގައި، ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލަތަކުގައި 43 މީހުން ހިމެނޭކަމަށްވެސް އެ މަނިކުފާނު ވަނީ  ތުހުމަތު ކުރައްވާފައެވެ.

43 މީހެއްގެ އެފަދަ އަމަލުތައް ހިންގާ ފޮޓޯތަކާއި، ވީޑިއޯތައް ނެގިފައިވާކަން، ރައީސް ނަޝީދަށް މައުލޫމާތު ލިބިވޑައިގަތީ ކޮންގޮތަކުން ކަމެއް އެ މަނިކުފާނު ސާފު ކޮށްދެއްވާފައެއް ނުވެއެވެ. އަދި އިސްލާމް ދީނާއި ހިލާފް ހުތުރު އަމަލުތައް ހިންގި ފަރާތްތަކެއްވެސް އެ މަނިކުފާނު ކުށްވެރިކޮށްފައެއް ނުވެއެވެ.

ފޮޓޯތަކުގެ މައްޗަށް ބިނާކޮށް، ބައެއްގެ އަބުރު ގެއްލިގެންދާފަދަ ގޮތަކަށް އަމަލު ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޔޯގާ ޑޭގެ ހަމަ ނުޖެހުމާއި ގުޅިގެން، ގިނަ އަދަދެއްގެ މީހުންވަނީ ހައްޔަރު ކުރެވިފައިއެވެ. ޔޯގާ ޑޭގެ ހަމަނުޖެހުން ހިންގާފައިވާ މީހުން ހޯދުމަށާއި އިންސާފު ގާއިމު ކުރުމުގެ ގޮތުން، ފުލުުހުންގެ މުއައްސަސާއިންވަނީ އާންމުންގެ ފަރާތުން ފޮޓޮ އާއި ވީޑިއޯ ބަލައިގަތުމަށް ނިންމައި، އެކަން ކުރެވޭނެ ޕޯޓަލްއެއް ގާއިމުކޮށް، ފޮޓޯތަކާއި ވީޑިއޯ ހިއްސާ ކުރުމަށް އެދިފައިއެވެ. އަދި ފޮޓޯއާއި ވީޑިއޯ، ހިއްސާ ކުރާފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމަށްވެސް ފުލުހުން ކޮށްފައިވާ ޓްވީޓްގައިވެއެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލައިގައި، އާންމު ފަރާތްތަކުން ހުށައަޅާ، ފޮޓޯތަކާއި، ވީޑިއޯތައް ބަލައިގަނެ، މަންޒަރު ތަކުން ފެންނަ މީހުންގެ ވަނަވަރު ކަށަވަރުކުރެވި، ފުލުހުންގެ މުއައްސަސާއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު، މަޝްހޫރު ލޯޔަރު، ނާޒިމް ސައްތާރުކަމަށް ތުހުމަތު ކުރެވޭ މީހެއް، އިތުރު މީހަކާއި އެކު، ދީނާއި ހިލާފުވާ އަމަލެއް ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިނުވެއެވެ. އަދި އެނާގެ މައްޗަށް، ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވި، ހެކިތައް ހުށައަޅާފައިވާއިރު، ހައްޔަރުގައި ބައްހަޓަންޖެހޭ ފަދަ ހާލަތައް ނުފެންނަ ކަމަށް ބުނެ ފުލުހުންވަނީ، ނާޒިމް ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: