ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު ނުވަ ދުވަސް

މަޖިލީސް އިންތިހާބަށް ބޭއްވި ކެމްޕެއިނެއްގެ ތެރެއިން މުހައްމަދު އިސްމާއިލް ވަހަކަ ދައްކަވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާޑޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ނުވަ ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި އޭނާއާއެކު ހައްޔަރު ކުރި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހިމް ރަޒާން ވަނީ ދޫކޮށްލާފައެވެ.

ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅި މައްސަލައިގައި މިހާތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވެއެވެ.  ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު ކަން ފާހަގަކޮށްލެވެއެވެ.

ޔޯގާޑޭ ފާހަގަ ކުރުމުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ވަގުތު އެތަނުގެ ތެރެއަށް އާއްމުންގެ ތެރެއިން ބަޔަކު މީހުން ވަނީ އެހަރަކާތް ހުއްޓުވައި ހަމަނުޖެހުން އުފައްދާފައެވެ. އަދި އެ ހަމަ ނުޖެހުމުގައި ޔޯގާޑޭ ފާހަގަ ކުރުމަށް އެއްވެ ތިބި މީހުންނަށް އެކި ވަރުގެ އަނިޔާލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: