ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅުރަށެއް ވަރުވާއަށް ނަގާ ފަރާތުން އެއްބަސްވުމާއި ހިލާފުވުމުން އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް!

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅުރަށެއް ވަރުވާއަށް ނަގާ ފަރާތުން އެއްބަސްވުމާއި  ހިލާފުވެއްޖެ ނަމަ އެ ފަރާތްތައް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް މިއަދު ކަމާ ގުޅޭ މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބޭއްވި މަޝްވަރާތަކުގައި ބުނެފައިވާ ގޮތުގައި ވަރުވާއަށް ހިފާފައިވާ ރަށާއި އަދި ކުއްޔަށް ހިފާފައިވާ ރަށްރަށަށް ހިމެނޭ ފަޅުރަށަކުން އެ ގާނޫނޫގެ ދަށުން ހަދާ ގަވާއިދާ ހިލާފު އަމަލެއް ހިންގައިފިނަމަ އެ ފަރާތްތަކާއި މެދު ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ރަށް ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކުރި ފަރާތައް ނުވަތަ ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.

ގާނޫނު ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް އެފަރާތެއް ގިނަވެގެން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވަރުވާއަށް ނުވަތަ ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކުރި ފަރާތަށް ލިބިގެންވާ ކަމަށެވެ. އަދި ފަޅުރަށެއް ވަރުވާ އަށް ހިފި ފަރާތުން އެރަށް ވަކި ކުރާ ހާލަތުގައި ވަރުވާއަށް ހިފާފައިވާ ފަރާތަށް އެރަށާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.

މަޝްވަރާތަކުގައި ބުނެފައިވާގޮތުގައި މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް ނުވަތަ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމުގެ އެއްބަސްވުމާއި ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާއި ފަޅުރަށް ވަރުވާއަށް ލިޔެދިނުމުގެ އެއްބަސްވުމާއި ފަޅުރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން ހިލާފުވެއްޖެ ހާލަތެއްގައި އެކަމުގެ ނޯޓިސްދީ ވަރުވާއަށް ދޫކުރި ފަރާތުގެ އަތުން އެރަށް އަތުލުމުގެ އިހްތިޔާރު ލިބިގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: